ޢަދާލަތަކީ އަބަދުވެސް އަނިޔާ ލިބޭ ފަރާތްތަކަށް ނަޞްރު ހޯދައިދޭން މަސައްކަތްކުރާ ޕާޓީއެއް: އިޔާޟް

ޢަދާލަތު ޕާޓީއަކީ އަބަދުވެސް އަނިޔާ ލިބޭ ފަރާތްތަކަށް ނަޞްރު ހޯދައިދޭން މަސައްކަތްކުރާ ޕާޓީއެއްކަމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެެއްޖެއެވެ.
އިޔާޟް މިހެން ވިދާޅުވީ ޔޯގާ ޑޭ ގެ ހަރަކާތާ ގުޅިގެން ރާއްޖޭގެ ދީނީ ދެ ޢިލްމުވެރިއަކު ހައްޔަރުކޮށްފައިވަނީ ދީނީ ޢިލްމުވެރިޔަކު ވަޒީރަކަށް ހުރެގެން ކަމަށާއި އެހެންކަމުން ދީނީ ޢިލްމުވެރިން ބަންދުކޮށް ޝިރުކު ފަތުރަން ބާރުދެނީ ކޮން ޕާޓީއެއްތޯ ސުވާލެއް ނުއުފެދޭކަމަށް އިބްރާޙިމް މުޙައްމަދު (އިބްރާހިމް ޖަނާބް) ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިޔާޟް ވިދާޅުވީ ޢަދާލަތަކީ އަބަދުވެސް އަނިޔާ ލިބޭ ފަރާތްތަކަށް ނަޞްރު ހޯދައިދޭން މަސައްކަތްކުރާ ޕާޓީއެއްކަން އިބްރާހިމް ޖަނާބަށް ސާފު ނުވިޔަސް އެނގެންވާ ފަރާތަށް އޮޅުމެއް ނޯންނާނެ ކަމަށެވެ.
''ނުރުހުނަސް ޙައްޤު ބަހެއް ނޫނީ ނުބުނުމަށް ނަސޭހަތްތެރިވަން.'' އިބްރާހިމް ޖަނާބަށް ޓެގް ކުރައްވައި އިޔާޟް ވިދާޅުވިއެވެ.
އިޔާޟް މިހެން ވިދާޅުވެފައިވާއިރު ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ރޭ ވިދާޅުވީ އެއްވެސް މީހަކަށް އަދި ޚާއްސަކޮށް ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ.
މީހަކަން ފަހުމީހަކުތެދުވިޔަސް އެއްމެނަށްވެސް އެއޮތީއެގެންނޫތަ އދާލަތަކީއއަނިޔާވެރި އަދިދީނާ ދެކޮޅުމީހުނަން ހެޔޮއެދޭ އެމީހުނާއެތްކޮޅު އަަދިހިމާޔަތްކުރާބައެތްކަން އދާލަތުގާހުންނަނީއިލްމުެރިގޮތެއްނޫންކަން