ޒައިދު, އިމްރާނަށް: ލިވާތުކުރި މީހުންނަށް ފިޔަވަޅު އެޅުން އަވަސްކޮށްދެއްވާ
އެއް ޖިންސުން ގުޅުން ހިންގި މީހުންނަށް ފިޔަވަޅު އެޅުން އަަވަސްކޮށްދިނުމަށް އައްޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް, ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދައި, ﷲ ގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ހަޑިމުޑުދާރު ފާހިޝް އަމަލުތައް ލޯ މައްޗަށް ތަކުރާރުވާން ފެށީމާ ޤާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އޭނާ ނުކޮށް ދޫކޮށްލާނެކަމެއް ނޫން ކަމަށެވެ.
އިމްރާންގެ ޓުވީޓުގައި އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފާހަގަކުރައްވާފައި ނެތަސް އެ ޢިޝާރާތް ކުރައްވަނީ އެ މައްސަލައަށްކަމަށް ބެލެވެއެވެ.
ބަންގަލްދޭޝްގެ އެމްޑީ އަލަމްގިރި, ރާއްޖޭގެ ހައިޕްރޮފައިލް ބޭފުޅުންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކު, އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެއެވެ. އޭގެ އިތުރުން އަލަމްގިރިއާއެކު ދިވެހި ފުލުހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުވިއެވެ.
ބަދުއަޚްލާޤީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމާއެކު ފުލުހުން މީގެ ކުރިން ބުނީ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިމްރާންގެ ޓުވީޓަށް ރިޕްލައި ކުރައްވަމުން ޒައިދު ވިދާޅުވީ ތީ ވަަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އަދި އެ ފާހިޝް ވިޔާނުދާ މީހުންނަށް ފިޔަވަޅު އެޅުން އަވަސްކޮށް ދެއްވުމަށް ވެސް ޒައިދު އިމްރާނަށް ގޮވައިލެއްވިއެވެ.
ޒައިދު ވިދާޅުވީ އެ މީހުން މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ ނުރައްކަލެއް ކަމަށެވެ.
ޔޯގާ އަކީ ޝިރުކުގެ ތެރެއަށް ގެންދާކަމެއް، ބިންމަތީގައިވާ އެންމެ ބޮޑި ޖަރީމާ އެންމެ ބޮޑުފާފަ !