ޚަބަރު އިޖުތިމާޢީ

ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ފަސްޖެހިގެން ނުވާނެ: ޝިފާޢު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެންބަރު މުޙައްމަދު ޝިފާޢު. ފޮޓޯ: މަޖިލިސް

ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ފަސްޖެހިގެން ނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިފާޢު މިއަދު ވިދާޅުވީ ދިވެހިންްގެ ދީނަކީ އިސްލާމްދީން ކަމުގައި ޤާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި މި ފަސްގަނޑުގައި ހުއްދަވާނީ އިސްލާމްދީނުގަ ހުއްދަ ކަންކަން ކަމަށާއި, އިސްލާމްދީނުގައި ހަރާމްކަމަކީ މި ފަސްގަނޑުގައި ހަރާމްކަމެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.

''އިސްލާމްދީނުގަ ހުއްދަކަމަކީ ދިވެހި ފަސްގަނޑުގައި ހުއްދަކަމެއް. އިސްލާމްދީނުގައި ހަރާމްކަމަކީ ދިވެހި ފަސްގަނޑުގައި ހަރާމްކަމެއް. މުންކަރާތްތަކާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ސަރުކާރާއި ފުލުހުން ފަސްޖެހިގެން ނުވާނެ.'' ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިހެން ވިދާޅުވެފައި މިވަނީ, ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވެފައިވާއިރު އެކަމާ ގުޅިގެން ނަމަވެސް އެކަމާ ގުޅިގެން ފިޔަވަޅެއް އަޅާފައިވާނުވާތީ ޢާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Ads by Ooredoo
  1. ދިވެހި ރައްޔިތުން

    ތިކަންތައް ކަމާބެހޭ ފަރާތްތަކުން ތަހްގީގު ކުރަމުންދާ ދަނޑިވަޅުގާ ތިކަމުގާ ޝާމިލުވާ އެންމެން ހޯދާ އަދި އެމީހުން ކަށަވަރުކޮށް ހުރިހެކިތަކާއެކު ޝަރީޢަތް ކުރުމުގެ ފުރުސަތު ދެއްވާ