އޭޝިއާ ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއްވަނަ ރާއްޖެއަށް

މިމަހުގެ 23ން 24ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދިޔަ، އޭޝިއާ ކަރާޓޭ ޗެމްޕިއަންޝިޕްގެ އެއް ވަނަ ރާއްޖެއަށް ލިބިއްޖެއެވެ.
ޖުމްލަ 12 ޓީމުން ބައިވެރިވި މި މުބާރާތުގައި ރާއްޖޭގެ 14 ކުދިން ބައިވެރިވެފައިވެ އެވެ. އެއީ ގިޔާސުއްދީން އިންޓަނޭޝަލް ސްކޫލުގެ ނުވަ ދަރިވަރުންނާއި، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކާއި މަޖީދިއްޔާ ސްކޫލުގެ އެއް ދަރިވަރެކެވެ.
ރާއްޖެއިން މި މުބާރާތުގެ އެއް ވަނަ ހޯދާފައިވަނީ އިންޑިއާގެ 10 ސްޓޭޓެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެގޮތުން ރާއްޖޭގެ ޓީމުން ވަނީ 17 ރަން މެޑަލާއި 5 ސިލްވާ މެޑަލުގެ އިތުރުން 16 ބްރޯންޒް މެޑަލް ހޯދާއިފަ އެވެ.
މިއީ ރާއްޖެއިން ބައިނަލްއަގްވާމީ ކަރާޓީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރީ އަންދްރާ ޕްރަދޭޝް، ކެރެލާ، ޓަމިންނާޑޫ، ކަރްނަޓަކާ، ޓެލަންގަނާ، ގުޖްރާތު، މަހާރަސްތްރާ، މަދްޔާ ޕްރަދޭޝް، ޖާގަންޑް ޓީމް، އަދި ޕުންޖާބުގެ ޓީމުތަކެވެ.
ހަމައެކަނި ރާއްޖެ ފިޔަވައި އިންޑިޔާގެ ސްޓޭޓްތަކެއް ބައިވެރިވި މުބާރާތެއްގައި ރާއްޖެ ބައިވެރިވުމުން އެނގޭ އެއްޗަކީ ރާއްޖެއަކީ މިހާރު އިންޑިޔާގެ ސްޓޭޓެއް ކަމަށް ރާއްޖެއާއި އިންޑިޔާއިން ގަބޫލުކުރާކަން.