ދުނިޔެ

ޤައުމުގެ ހަރު މުދާ ވިއްކުމާ އިމްރާން ޚާން ދެކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤައުމުގެ ހަރު މުދަލަކީ އެ ޤައުމެއްގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލު ކަމަށާއި ހަރު މުދާ ވިއްކުމާ އޭނާ ދެކޮޅު ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިމްރާން ޚާން މިފަދައިން ވިދާޅުވެފައިވަނީ، އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ހަރު މުދާ ވިއްކުމާ ހުއްދަ އެ ޤައުމުގެ ކެބިނެޓުން ފާސްކުމުންނެވެ.

ޕާކިސްތާން ތަހުރީކް-އި-އިންސާފް (ޕީޓީއައި)ގެ ޗެއާމަން އިމްރާން ޚާން ވަނީ އެ ގާނޫނާ ދެކޮޅު ހަދައި އެކަން ކުރަން އުޅެނީ "ވަގުން" ކަމަށް ވިދާޅުވެފައެވެ. އަދި އެސެޓްތައް ވިއްކުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށް ވިދާޅުވއިެވެ.

އިމްރާން ޚާން ކުރެއްވި ޓްވީޓެއްގއި ވިދާޅުވީ އެމެރިކާގެ ރޭވުމެއްގެ ތެރެއިން ވެރިކަމަށް ގެނައި އިމްޕޯޓް ސަރުކާރުން މިއަދު ޤައުމު އިނދަޖައްސާލައިފި ކަމަށެވެ.

“މި މީހުން (ސަރުކާރުގައި ތިއްބެވި ފަރާތްތައް) ފާއިތުވި 30 އަހަރު ޕާކިސްތާން ފޭރިގަންނަމުން އަންނައިރު މިހާރު މިއޮތް އިގްތިސާދީ ހީނަރުކަމުގެ ޒިންމާ އުފުލަން ޖެހޭނީ ވެސް މި މީހުން. މި ވަގުންނަށް ދުވަހަކުވެސް އަޅުގަނޑުމެންގެ ޤައުމީ މުދާ ވިއްކުމުގެ ފުރުޞަތު ދީގެން ނުވާނެ، އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ މަކަރުވެރި ގޮތަކަށް. އަޅުގަނޑުމެންގެ ގައުމީ މުދަލާއެކު ގައުމު ދުވަހަކުވެސް އެމީހުންނަށް އިތުބާރު ނުކުރާނެ،” ޕީޓީއައިގެ ވެރިޔާ އިތުރަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. We stumbled over here different web address and thought I might as
    well check things out. I like what I see so now i am following
    you. Look forward to exploring your web page again.

    Also visit my page: commonstupidman