ޚަބަރު

މި ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތީ އެންމެ ފައިދާ ހުރި ގޮތަށް: ރައީސް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު މިހާރު ހުރީ ރާއްޖެއަށް އެންމެ ފައިދާއާއި ލާބަހުރި ގޮތަށް ކަމަށާއި އެއީ މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތޯބުގަ އެވެ.
ރައީސް ވިދާޅުވީ ސިޔާސަތުގެ ފުރިހަމަ ކަމަށް މުޅި ދުނިޔެ ވެސް ހެކި ދޭ ކަމަށެވެ.

"މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބައިބައިވުމާއި ދެބަސްވުމާއި ހަމަނުޖެހުމާއި ހައިޖާނުން ގައުމެއްގެ މިނިވަންކަން ރަމްޒުނުކޮށްދެވޭނެ ކަމަށެވެ. އަދި ހިޔާލުތަފާތުވުމަކީ އިންސާނީ ތޮބީއަތް ކަމުގައިވީނަމަވެސް، މިނިވަންކަން އޮމާންކަން ދެމެހެއްޓުމަށް އެކަންކަން އެއް ފަރާތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިނިވަންކަމުގެ ރާސްތާ އޮމާންކަމާ، އަމާންކަމުގާ ގަރާރުވެ ދެމިއޮތުމަށްޓަކާ، މިދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ. ސަބަބަކީ މިނިވަންކަމުގެ އުފަލާ، އޭގެ އަސަރާއި ރަހަ، އެހެން ހުރިހާ އިހްސާސަކާ ތަފާތު،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭ ކަން ފާހަގަކުރައްވައި އެ ހަމަޖެހުން ގާއިމް ކުރެވޭނީ މަޝްވަރާގެ މަތީން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މި މަގުން ނޫނީ ހަމަޖެހޭ މުޖުތަމައެއް ގާއިމް ނުކުރެވޭނެ ކަން ފާހަގަކުރެއްވިއެވެ.

"އެއީ އަޑުއެހުމާ، މަޝްވަރާއާ އިހްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މިދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ،"

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!