ދުނިޔެ

ޓޮޔޯޓާއާއި ސުޒުކީ އިން ޕާކިސްތާނާ ދުރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޝްހޫރު ދެ ކާރު އެސެމްބްލް ކުރާ ކުންފުނި ޓޮޔޯޓާ އާއި ސުޒުކީ އިން ޕާކިސްތާނުގައި ހިންގަމުން އަންނަ ފެކްޓްރީތައް ވަގުތީ ގޮތުން އަންނަ  ބަންދު ކުރަން ރާވާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by WAMCO

މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އިމްޕޯޓް ކުރުމަށް ހުރަސް އެޅުމާއި އެކްސްޗޭންޖް ރޭޓް ދަށްވުމުގެ ސަބަބުން، ކާރު އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް ނުލިބިގެން ކަމަށް ދެ ކުންފުނީގެ އޮފިޝަލުން ވެސް ބުނެއެވެ. މި އަހަރު ޕާކިސްތާނުގެ ރުޕީސްގެ އަގުގެ %20 ވަނީ ވެއްޓިފައެވެ.

ބޭރުގެ ފައިސާގެ ރިޒާވް ހަލުވިކަމާއެކު ދަށްވުމާއި، ޕާކިސްތާނުގެގެ ފައިސާގެ އަގު ދަށްވުމާއި، ޤައުމުގެ އިޤްތިޞާދުގެ ޑެފިސިޓް ބޮޑުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ ފާއިތުވި ހަފްތާގައި ޤައުމަށް މުދާ އިމްޕޯޓް ކުރުމުގައި ދަތިތަކެއް ކުރިމަތިކޮށްފައެވެ.

މި ފިޔަވަޅުގެ ސަބަބުން މުދާ އިމްޕޯޓްކޮށްގެން، ތަކެތި އުފައްދާ، އެކަމަށް ބަރޯސާވާ ސިނާއަތްތަކަށް ބޮޑު އަސަރެއް ވަނީ ކޮށްފައެވެ.

މަރުކަޒީ ބޭންކުން ޑޮލަރު ހޯދުމުގައި ދަތިކަން ކުރިމަތިވެފައިވާއިރުު، މަރުކަޒީ ބޭންކުން އާއްމު ބޭންކްތަކަށް ޑޮލަރު ދޫނުކުރާ ކަމަށް ބޭންކްތަކުން ބުނެއެވެ. މިހެންވެ، ކުންފުނިތަކަށް ވެސް ޑޮލަރު ހޯދުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

"އަންނަ މަހު މަސައްކަތު އޮންނާނީ 10 ދުވަހު ދުވަސް، މަރުކަޒީ ބޭންކުން ވައުދުވި، މަސައްކަތް އިތުުރު ކުރާނީ މަރުކަޒީ ބޭންކުން ޑޮލަރު ދޫކުރުމުން" ޓޮޔޯޓާގެ އުޅަނދުތައް އެސެމްބްލްކުރާ އިންޑަސް މޮޓޯ ކޮމްޕެނީ ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އަލީ އަސްޣަރު ޖަމާލީ ރޮއިޓާސްއަށް ބުނެފައިވެއެވެ.

ޕާކިސްތާނުގެ މަރުކަޒީ ބޭންކުގައި ހުރި ރިޒާވް 9.3 ބިލިއަން ޑޮލަރާ ހަމައަށް ދަށަށް ގޮސްފައިވާއިރު، އެއީ ދެ މަސް ދުވަހަށް ވުރެ މަދު މުއްދަތެއްގެ ތެރޭގައި އިމްޕޯޓް ކުރެވޭ މުދަލަށް ފުދޭވަރެކެވެ. މިދިޔަ މާލީ އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ %5 އަށް އަރާފައިވާއިރު އިމްޕޯޓް ރެކޯޑް މިންވަރަކަށް އަރާފައިވެއެވެ.

Ads by Allied Insurance
  1. ކުންފުނި ތަކުންވެސް ވިޔަފާރީގެ ނަމުގައި މީހުންގެ އަތުން ފޭރެނީވިއްޔާ ވިޔަފާރިވެސް އެކަށީގެންވާ ގޮތެއްގައި ކުރިޔެއް ބާރާނެތާ !