އިޔާޟް, މައުމޫނަށް: މުސްލިމުން ޝިރުކުގެތެރެއަށް ވައްޓައިލާ ނަރަކައިގަ ތިބޭ ބައެއްކަމަށް ހަދަން ނޫޅުއްވާ
ކަސްރަތު ކުރުމުގެ ނަމުގައި މުސްލިމުން ޝިރުކުގެ ތެރެއަށް ވައްޓައިލާ ނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައި ތާ އަބަދަށް އަނދައަނދާ ތިބޭ ބަޔަކު ކަމުގައި ހަދަން ނޫޅުއްވުމަށް ޑރ.މުޙައްމަދު އިޔާޟް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ދަންނަވައިފިއެވެ.
ހިންދޫންގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ އޭގައި ޝިރުކު އެކުލެވިގެންވާ ކަމެއް ކަމަށާއި އެއީ މުސްލިމުން ބައިވެރިވުން ހުއްދަކަމެއް ނޫން ކަމަށާއި އެއީ ޙަރާމްކަމެއް ކަމަށް ރާއްޖޭގެ 104 ޢިލްމުވެރިންގެ އިތުރުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވެސް ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.
ނަމަވެސް ރައީސް މައުމޫނު ވިދާޅުވާ ގޮތުން އެއީ ކަސްރަތެކެވެ. އަދި އެއީ ޙަރާމްކަމެއް ނޫންކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އެ ކަން ތަފްސީލުކޮށް ރައީސް މައުމޫން ރޭ ވަނީ ލިޔުމެއް ވެސް ޢާންމު ކުރައްވައިފައެވެ.
އެ ލިޔުމާއެކު އެމްއާރްއެމްއިން ރޭ ނެރުނު ބަޔާނުގައި ބުނީ ދީނީ ބައެއް ކަންކަމުގައި މުޖުތަމަޢުގައި ޚިޔާލު ތަފާތުވުން އުފެދޭ ގޮތަށް ދީނީ ނަަޒަރުން ރައުޔުތައް ނެރުން ޢާންމުވެފައިވާ ކަމަށާއި, އެފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާ އެކަށޭނަ ދިރާސާއަށްވުރެ, އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކަށްވެފައިވާ ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި އިޔާޟް މިއަދު ވިދާޅުވީ ދީނުގެ އެއްވެސް ކަމަކީ އަމިއްލަ ވިސްނުމަށް ވިސްނައިގެން ނިންމޭނެ ކަމެއް ނޫން ކަމަށާއި, އެހެންނަމަ ޚުއްފުގައި ފެންފޮހެން ޖެހޭނީ ޚުއްފުގެ ދަށުގައި މައްޗަކު ނޫން ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 21 ވަނަ ދުވަސް "ޔޯގާ ޑޭ" ގެ ގޮތުގައި ހަމަޖައްސާފައިވަނީ ކީއްވެކަމާއި އިރު އަރައި އަދި އިރު އޮއްސޭ ވަގުތު އެކަމަށް ޚާއްސަ ކުރެވެނީ ކީއްވެގެން ބައްލަވާލެއްވީމާ މައްސަލަ ވަރަށް ސާފުވާނެ ކަމަށެވެ.
މީގެ އިތުރުން ޔޯގާގެ މާނަ އާއި އުފެދުމާއި އަދި ހުދު ހިންދޫ ދީނުގެ ފާދިރީން ޔޯގާއާއި ބެހޭ ގޮތުން ބުނެފައިވާ ބަސްތަކުން އެއީ މުސްލިމުން ކައިރިވާން ހެޔޮވާވަރުގެ ކަމެއްނޫންކަން ސާފުވާނެކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ. އިޔާޟް ވިދާޅުވީ ޔޯގާ ނުހެދިޔަސް ކުރެވިދާނެ ކަސްރަތުތައް ވަރަށް ގިނަ ކަމަށެވެ.
''ވީމާ ކަސްރަތު ކުރުމުގެ ނަމުގައި މުސްލިމުން ޝިރުކުގެ ތެރެޔަށް ވައްޓައިލާ ނަރަކައިގެ އަލިފާންގަނޑުގެ ތެރޭގައި ތާއަބަދަށް އަނދައަނދާތިބޭ ބަޔަކު ކަމުގައި ހަދަން ނޫޅުއްވާ. މުސްލިމުން ކަމުގައިވާ ހާލު މި ދުނިޔެ ދޫކުރަން ފުރުސަތު ދެއްވާ.'' އިޔާޟް ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވަނީ ޝިރުކު ނުހިމެނޭ”ނަމަ” އޭ………އެހެންވީމާ ޔޯގާ ޙަރާމްކަމަށް މައުމޫނު އެވިދާޅުވަނީ.ޔޯގާގައި ޝިރުކު އެބަހިމެނޭ.
ފަތުރުވެރިކަމޭ ކިޔާއިގެން މިރާއްޖެ ކޮންޓްރޯލް ކުރާ ކެޕޓަލިޒަން ވިޔަފާރީގެ ޢިޤުތިސާދު ކުރިއަރުވާ ދެތިން ހަތަރު ވިޔަފާރި ވެރިން މިރާއްޖޭގައި ބަންގުރަލާއި އޫރުމަސް ގުދަންކޮށްގެން އެއިގެ ވިޔަފާރި ކުރާތާ 50 އަހަރު ފުރުން ވެސް ވަރަށް އުފަލުން ކުލަގަދަކޮށް މިއަހަރު ފާހަގަ ކުރަނީ ޔޯ ؟ 😄
ހަރާމް ހަލާލް އަކީ ގިޔާސް ކުރެވޭނެ ކަމެއްނޫން. އެކަން ގިޔާސްކޮށްފި ނަމަ އެކަން ކުރިބަޔަކު ކަފިރުވާނެ. އެބަހީ ހަރާމް ހަލާލް ކަނޑައަޅުއްވާފަ ވަނީ الله
މައުމޫނު 30 އަހަރު ވަންދެކަށް ވެރިކަން ކުރީ މިރާއްޖޭގައި އޫރުމަހާއި ބަންގުރަލާއި ރިބާ ކެއުންވެސް ހުއްދަ ކޮށްގެން ނުންތޯ ؟