ބޮލީވުޑް މުނިފޫހިފިލުވުން

ދިޝާއާ ޓައިގަރުގެ ލޯބީގެ ގުޅުން ކެނޑުނު ސަބަބު ބުނެދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޖޯޑުންގެ ޚަބަރުތަކަށް ބަލާއިރު ދާދި ފަހުން އެންމެ ގިނައިން ދެކެވެމުންދާ އެއް ވާހަކައަކީ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ޓައިގަރ ޝްރޯފްއާއި ދިޝާ ޕަޓާނީގެ ލޯބީގެ ގުޅުން ކެނޑުނު ވާހަކައެވެ.

Ads by MWSC

ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް އުޅުމަށްފަހު މި ދެ ތަރިން ވަކިވި ޚަބަރު، ދެމީހުންގެ ވެސް ފޭނުންނަށް ވެގެން ދިޔައީ ވަރަށް ވެސް ހިތާމަވެރި ޚަބަރެއްގެ ގޮތުގައެވެ.

ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ފާޅުގައި ޓައިގަރުއާއި ދިޝާ ވެސް ވާހަކަ ދައްކާފައި ނުވި ކަމުގައި ވިޔަސް، ބައެއް ބޮލީވުޑްގެ އެހެން ފަންނާނުންގެ ފަރާތުންނާއި ގާތް ރަށްޓެހިންގެ އެކަން ވަނީ އިންޑިއާގެ ނޫސްތަކަށް ކުރިން ކަށަވަރު ވެފައެވެ.

އެގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ "އީ-ޓައިމްސް" ގައި ދާދި ފަހުން ވަނީ، ދިޝާއާއި ޓައިގަރުގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ކެނޑެން މެދުވެރިވި އަސްލު ސަބަބު ހާމަ ކޮށްދީފައެވެ.

އެމީހުންގެ ގާތް ރަށްޓެއްސެއް އެ ނޫހަށް މައުލޫމާތު ދިން ގޮތުގައި، އެ ދެތަރިންގެ ލޯބީގެ ގުޅުން ކެނޑުނީ، ޓައިގަރު ކައިވެނި ކުރަން ބޭނުން ނުވުމުގެ ސަބަބުންނެވެ.

އެގޮތުން ދިޝާއާއި ޓައިގަރ ކުރިން ދިރިއުޅުނީ އެއްކޮށް ކަމަށާއި ނަމަވެސް ފަހުން ޓައިގަރު އެހެން ތަނަކަށް ދިރިއުޅެން ދިޔަކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ކައިވެނި ކުރަން ދިޝާ ޓައިގަރު ކައިރީ އެދެން ފެށުމުން ކޮންމެ ފަހަރަކު ވެސް އޭނާ އެކަމަށް އިންކާރު ކުރި ކަމަށާއި ކައިވެނި ކުރަން އަދި އަވަސް ކަމަށް ބުނަމުން ދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!