ނާޒިމްގެ ހަމަލާއެއް ރައީސް ޔާމީނަށް: އެންމެ ބޮޑު ޣައްދާރަކީ ތިބޭފުޅާ
ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވެފައިވަނީ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ވިދާޅުވެ، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު ނާޒިމް ބަހުގެ ހަމަލާއެއް ރައީސް ޔާމީނަށް އަމާޒު ކުރައްވައިފިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ، ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ރު ދުވަހާ ޖެހެންދެން ވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވާ ގުޅިގެންނެވެ.
ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށެވެ. މިގޮތުން، ރިޝްވަތާއި، ވައްކަމާއި، މަކަރާއި ހީލަތް ހެދުމަކީ ވެރިކަމުގައި އާއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީނާ ދެބަސްވާ ފަރާތްތައް ޖަލަށް ލުމާއި ދައުލަތުގެ މުއައްސަސާތައް ނާޒުކުކޮށްލުމަކީ އެމަނިކުފާނު ކުރެއްވި ކަންކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ނާޒިމް ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ މަގާމުން ވަކިކުރެއްވީ އޭނާ ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނު މައްސަލައެއްގައެވެ. އަދި އޭނާގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސާބިތުކުރުމަށްފަހުއެވެ. ނަމަވެސް ކާނަލް ނާޒިމްގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޖަލުން މިނިވަންވުމާއެކު ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ދަނގެތީ ދާއިރާގެ މެމްބަރުކަމަށް އޭނާ އިންތިޚާބުވެވަޑައިގަތީ އެ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް ޖޭޕީން ވަކިވެ، ނާޒިމް ވަނީ އެމްއެންޕީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.
ޖުމުހޫރީ ޕާޓ ލީޑަރުވެސް ބުނާނެ ނާޒިމަކީ ޣައްދާރެކޭ. އަދި ތިމާއަކީ މާތެދުވެރި ވަފާތެރި އެއްކަމަށް ވެގެން އެބައުޅޭ. އަބަދުވެސް ހިހޫތަނުން ކާން އާދަވެފަވާ ބޮޑު ޣައްދާރެއް ތީ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން މިއަދު އެކަކު އަނެކަކަށް ޗޯރު ޢައްދާރު މިކިޔަނީ ކީއްވެތޯ ؟