ޚަބަރު ސިޔާސީ

ފާޑުކިޔާ މީހުންނަށް އަދުރޭގެ ރައްދު: ކިތަންމެ ބިރުގަތަސް ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އަންނަ ރިޔާސީ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް ދޭން ނިންމުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިންކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން ރޭ ވަނީ ފާސްކޮށްފައެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމިނަށް ރިޔާސީ ޓިކެޓް ދޭން ފާސްކުރުމުން އިދިކޮޅު ކޯލިޝަނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ޢަބްދުއްރަޙީމް މިއަދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ގޮތެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ ޕީޕީއެމްއަށް ކަމަށާއި, އެކަން ކުރީ ޕީޕީއެމްގެ އަސާސީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

''ފާޑުކިޔާ މީހުންނަށް ދަންނަވައިލަން އޮތީ ކިތަންމެ ބިރުގަތަސް ރައީސް ޔާމިނަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. އިންޝާﷲ. އިންތިޚާބު ކާމިޔާބު ވެސް ކުރައްވާނެ.''

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް, ސްޕްރީމް ކޯޓާ ހަމައިން އެ މަނިކުފާނު ވަނީ މިނިވަންވެފައެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމިނަކަށް ޤާނޫނީ އެއްވެސް ހުރަހެއް މިހާރަކު ނެެތެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި އެ މަނިކުފާނުގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތްތައް މިހާރު ހިނގަމުންދާއިރު, އެ ދަޢުވާތައް ސާބިތުވެއްޖެ ހިނދެއްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް އޮތް ފުރުސަތު ގެއްލިގެންދާނެއެވެ.

Ads by HDC
  1. އަބްދޫ

    އަދުރޭ ރާއްޖޭގަތިބި ރައްޔިތުންގެ ގިނަބަޔަކު ތިބީ އެކިއެކި ސިޔާސީ މީހުންގެ ފަހަތަށް ޖެހިފަ. ފުޓްބޮލަ ކްލަބް ވާދަ މީގެ ކުރިން އޮތްހެން ކުޑަމޫސަގެ ސަޕޯޓަރުން ކުޑަމޫސަ ކޮންމެ ކްލަބަކަށް ދިޔަޔަސް ފަހަތުންދާނެ. ރާއްޖޭގެ ރައްޔިތުން ގެ ގިނަބަޔަކީ އިގްތިސާދީ ފުދުންތެރިކަން ދަންނަ ބަޔަކަށް ނުވާތީ ޖީބަށް އެއްޗެއް ވަންނަނަމަ އެއީ އެހެން ގޮތަކަށް ބުނާނަމަ ކާންދެންޏާ އެއީ ބޮޑުބޭބެ . މިހެން އޮތް ގައުމެއްގަ ހުރިހާ ސިޔާސީ މީހުނަށް ބަވާ ހުރިހާރައްޔިތުންނަކީ މަގެ ދުސްމަނުންނަށް ހަދާފަ. މަލިކުން މީހުންގެނެސްގެން ވޯޓް ލައިގެނެއް ރިޔާސީ ރޭސް ކާމިޔާ ބެއްނުވާނެ. 2018 ގަ ކުޅުނުކުޅިގަނޑު މިހާރު ވެސް ޔާމީނު ވަނީ ފައްޓަވާފަ ވީމާ 2023 ޕީޕީއެމަށް ކަށަވަރު ކުރުމަކީ ދުރުކަމެއް.