ޚަބަރު

ނާޒިމްގެ ފާޑު ކިޔުން އަނެއްކާ ވެސް ޔާމީނަށް: ތާ އަބަދު ވެރިކަން ހުވަފެނުން މިންޖުވާން ޖެހޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާ އަބަދު އެކަކު ވެރިކަމަށް ގެނައުމުގެ ވިސްނަން ދޫކޮށްލަން ޖެހޭ ކަމަށް ބުނެ އެމްއެންޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅުގައި މި ވަގުތު އޮތް ޕްރޮގްރެސިވް ކޯލިޝަނުންވަނީ އެ ޕާޓީގެ ޓިކެޓް ރައީސް ޔާމީނަށް ދެއްވާފައެވެ. އެ ޕާޓީގެ ސެނެޓުން މިގޮތަށް ނިންމާފައިވަނީ ޕްރައިމަރީއަކާ ނުލައެވެ. އެހެންވެ، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ނާޒިމްގެ ހަމަލާތަކެއް ރައީސް ޔާމީނަށް އަމާޒުވާން ފަށާފައިވަނީ، އެމަނިކުފާނަކީ ދެދުނިޔޭގެ ޣައްދާރެއް ކަމަށް ރައީސް ޔާމީން ވިދާޅުވާ ގުޅިގެންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނާޒިމް ވިދާޅުވީ، ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށާއި ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭންޖެހޭ ކަމަށެވެ.

”ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގައި ބަގުޑިބެއްދުން ހުއްޓަން ޖެހޭ.“ ނާޒިމް ވިދާޅުވިއެވެ.

  1. ދިވެހި ރައްޔިތުން

    މިފަހަރު ރަނގަޅު ބޮޑިޔެއް ޔާމީނަށްދޭނެ އެޕާޓީގެ ގައްދާރުން

  2. ހިޖުރަ

    ޕީޕީއެމް،ޕީއެންސީ ގެ މަތިފަޑީގައި ރައީސް ޔާމީނަށް އިހުލާސްތެރިން ވަރަށް މަދު

  3. އަލިހޮއްކޮ

    ކޮންމެ މީހަކު ވެރިކަމަށް އަޔަސް، އެތަށް ފަޅުތަކަކާއި ރަށްތަކެއް ވިއްކާ މިލިޔަނުން އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެފައިސާއިން ގަޑުވަރުއަޅާ، އެތަކެއް ރައްޔިތުންނަށް އަނިޔާދިން މީހަކަށް ދެން ދުވަހެއްގައިވެސް ފުރިސަތެއް ދީގެން ނުވާނެއެވެ. މަގުމަތިން ބޮއްޅަބެއަކަށް ވެރިކަން ދިޔަސް ޙެވެއެވެ.

  4. ގާތްވި ގާތްވިހެން ނާޒިމުގެ ހިތްތެޅޭތީވެ އެއުޅެނީ

  5. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅެނީ އެހެންވީމާ ކޮންމެ މީހަކުވެސް ވެރިކަން ބޭނުންވާނެތާ !