ޚަބަރު

ބައްދައިގެން ތިބުމާއި, ކިސް ކުރުމާއި, އުރަމަތީގައި ހިފުންފަދަ ކަންކަމަކީ ޒިނޭއެއް ނޫން: ބޮންޑެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައްދައިގެން ތިބުމާއި ކިސް ކުރުމާއި އުރަމަތީގައި ހިފުންފަދަ ކަންކަމަކީ ޒިނޭއެއް ނޫންކަމަށާއި އެއީ ބަދު އަޚްލާޤީ އަމަލުކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ބޮންޑެއާއި ހަވާލާދީ ވަގުތުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި, ނަޝީދު ވިދާޅުވި ބަހުގެ މާނަ ވަނީ އޮޅުވައިލާފައެވެ. އަދި އެކަމުގައި އެންމެ ބޮޑަށް އުޅުއްވަނީ ދީނީ ޢިލްމުވެރިންތަކެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންހެން ކުއްޖަކާއެކު ބަދު އަޚްލާޤީ އަމަލު ހިންގި ތަން ފެންނަ ހަތަރު ފޮޓޯ އެބައޮތް ކަމަށް ދާދިފަހުން ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބޮންޑެ ވިދާޅުވީ މެސެޖުގައި އޮތީ ބަދު އަޚްލާޤީ އަމަލު ހިންގި ތަން ފެންނަ ހަތަރު ފޮޓޯ އެބައޮތް ކަމުގެ ވާހަކަ ކަމަށާއި ރައީސް ޞާލިޙް ޒިނޭ ކުރެއްވި ކަމަކަށް ނަޝީދު ވިދާޅުނުވާ ކަމަށެވެ.

އެކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ ބަދުއަޚްލާޤީ ޢަމަލަކީ ބައްދައިގެން ތިބުމާއި ކިސް ކުރުމާއި އުރަމަތީގައި ހިފުންފަދަ ކަންކަން ކަމަށާއި, އެއީ ޒިނޭއަކަށްނުވާނެ ކަމަށެވެ.

ބޮންޑެ ވިދާޅުވީ މިހާރު މި ފަތުރަނީ ފިތުނައެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އުޅެނީ އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވާހައި ހިނދަކު ''ހިންގާލަން'' ފުރުސަތު ނުލިބޭނެތީ ކަމަށެވެ.

Ads by Ooredoo
  1. ދިވެހި ޒުވާނުން

    ޒިނޭ އަކަށް ވާނީ ހިލޭ އަންހެނަކާ ފިރިހެނަކު އަންހެނެެްގެ ފަރުޖަށް ފިރިހެނެއްގެ ޒަކަރު ވައްދައިގެން ހެދުންކަން ކޮންމެ މުސްލިމަކަށް އިނގޭނެ. ޒިނޭވެސް ތަފާތު ދަރަޖަތަކަށް ބެހިގެންވޭ.

  2. އެނގޭމީހާ

    މިއީލޮލުގަ މައްސަހުރިމީހެއްހެންހީވަނީ

  3. ހިލަބެ

    ބޮންޑެމެން ފާޑުކިޔަނީ އަލީރަމީޒަށް އަލީރަމީޒު އެކަމުގައިއުޅޭތާ 12 އަހަރުވެއްޖެ ދެންބޮންޑެ ދީނީޙުކުމްތައްތިނެރެނީ އަޒުހަރުޔުނިވަސިޓީން އުނގެނުގެންތޯ އަހާލަންބޭނުން އެއީ އަޒުހަރުން ކިޔަވާވިދާޅުވާ ފަރާތްތައް ތުނބުޅިބާލާފަހުންނާތީއާއިއެކު ހަމައަހާލީ …

    • އަފޫ

      އަލީ ރަމިިޒުކިޔެވިއަޒުހަރުންތަ؟

  4. ކިޔާވައިގެން ހުރި މީހެއް ނޫން ހަހަހަ

  5. އެއީއަޅުކަމެންނޫނެންނު ހަރާންކަމެންނު ބޮންޑެހީކުރީ ފަރުލެއް ކަމަށްތަ ނޫނީ ސުންނަތެއް ކަމަށްތަ އެއީ އަދަބުލިބެންވާނެކަމެތް ދީންދަންނަ ބޭފުޅުން މަޖިލީހަން ކުރިމަތިލެއްވުން ރަގަޅުވާނެ ނޫނީމަޖިލީސްއުވާލާ އެއިރުން.ބާވަރު ރުފިޔާ ސަލާމަތ ކުރެވޭނެ

  6. މުންޖިޗޭ

    އެހެންވީއިރު އެކަންކަން ބަދުއަޚުލާޤީ ޢަމަލަށްވެސް ނުވަނީތޯ؟ ވެރިއަކުވީމަ އެކަންކަން ތާހިރުވެ ހުއްދަވަނީ ކޮން ހަމައަކުންތޯ. އެކަންކަން ބަލައި އަދަބުދޭން އޮންނަނީ ނިކަމެތި ދެރަމީހުނަށްތޯ؟

  7. ލޮލުން ކުރާ ޒިނޭ.. އަތުން ކުރާ ޒިނޭ.އަނގައިން ކުރާ ޒިނޭ…. ދެން ކޮބާ ޒިނޭއަށް ނުވެފަ؟؟؟؟

  8. މުނާފިގުން ފާޅުވަނީ

  9. ލައިލާ

    އަސްލު ވެސްދޯޯ

  10. ގަންޖާބޯ

    ލޯ ޒިނޭ ކުރެއެވެ.
    އަތް ޒިނޭ ކުރެއެވެ.

  11. މަންނަ

    ފާހިޝް ކަންކަމާ ދުރުވާން ކޮންމެ މީހަކުވެސް ޖެހޭނޭ. ގައުމުގެ ވަލިއްޔުލްއަމުރު ހަރާމް ކަމެއްއ ކުރީމަ އެކަން ވަކި ހުއްދައެއް ނުވާނެ. ކަލޭމެން ސުކޫލުގަ ނުކިޔަވަންތަ ފާހިޝް މަންޒަރުތައް ބެލުމަކީ ލޮލުގެ ޒިނޭ ފާހިޝް ވާހަކަތައް އަޑުއެހުމަކީ ކަންފަތުގެ ޒިނޭޭ އެފަދަ ވާހަކ ދެއްކުމަކީ ދުލުގެ ޒިނޭ…

  12. ބޮންޑު

    ބޮ ންޑޭ އައުޓް

  13. އަބްދުﷲ

    ޙަޤީޤީ ޖާހިލުންގެ ސިފަ ފެނިގެން މިދަނ!

  14. ކކކކ

    އަމާ ގަޔައް އެރިޔަސް ނުވާނެ ޒިނޭ އަކަށް. ކޮން ބިލެއްބާ މެންބަޅުން ފާސްކުރަން މިއުޅެނީ. މެންބަޅުންނޭ ލިޔެފަ އެއިނީ ހަމަ ލިޔަންވެގެން