ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ދުންޔާ ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ސަރުކާރަކީ މިހާތަނަށް އެންމެ ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެނިގެންދިޔަ ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރުގައި ސިޔާސީ ލީޑަރުން ޖަލަށްލުން ވެސް ހިމެނޭ ކަމަށާއި ބޮޑުބޭބޭފުޅު ރައީސް ޔާމިނުގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މޫސުމެއްކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އެ ގޮތުން ޝިޔާމް ވިދާޅުވީ ރައްޔިތުން ތަހައްމަލުކުރި އަދި ތަހައްމަލު ކުރާ ބިރުވެރި ޒަމާނެއްވާނަމަ, އެ ޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅުން މިފަދަ ވާހަކަ ދެއްކެވުން ލަދުވެތި ކަމަށެވެ. އަދި މި ވަގުތު ތި ހުންނެވި ޕާޓީކަމަށްވާ އެމްއެންޕީ އަދި އެ ޕާޓީގެ ލީޑަރު ކާނަލް މުޙައްމަދު ނާޒިމް ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ތިއޮތީ ވެފައިކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ދުންޔާ އެވާހަކަ އެވިދާޅުވީ ނާޒިމް ޕްރޮމޯޓް ކުރާކަށް ނޫން ބަޔަކު ހަދާފަ އޮތް ޕަޓީއެއް އަތުޖެހުނީމަ ޔާމީނަށް ޔާމީނު އޮޅިފަހުރިވަރުން.