ޚަބަރު ސިޔާސީ

އެމްއެންޕީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއް: ނާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިއަދު ފެނިގެންދަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަންކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށްދާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ ފުރަތަމަ އިންތިޚާބު މިއަދު ކުރިއަށް ދާތަން ދެކެނީ ފަޚުރުވެރިކަމާއެކު ކަމަށެވެ.

އަދި މިއަދު ފެނިގެންދަނީ އެ ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ޕާޓީއެއް ކަމަށާއި, އެ ޕާޓީއަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

''މި މުހިންމު އިންތިޚާބުގައި ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުން ބައިވެރިވުން މުހިންމު.'' އޭނާ ވިދާޅުވިއެވެ.

އެމްއެންޕީ އުފެދުނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ޕާޓީއަކީ ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!