ޝިއާގެ މަރު: ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް އެމްއާރްއެމްއިން ގޮވާލައިފި

ހ.ޝީރީންވިލާގައި ރޭ ރަޙްމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުވައްމުލަކު, ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް އެމްއާރްއެމްއިން ގޮވާލައިފިއެވެ.
ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ޕާޓީ އެމްއާރްއެމްއިން މިއަދު ބުނީ ޝިއާއުގެ މަރުގެ މައްސަލަ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، ކުށްވެރިވާ ފަރާތް ނުވަތަ ފަރާތްތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާކަމަށް ވެސް އެމްއާރްއެމްއިން ބުންޏެވެ.
ޢުމުރުން 22 އަހަރުގެ ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ކުނެރީކުޅި ބަލަން ގޮވާބަލަ ގޮޅާބޯ
ެ ފުރިހަމަތަހުޤީގެއްހިންގީމައިއެވީތަތިޔަދެތިންވެރިންނަށްފޮނިކަނޑައިވަރަށްގިނަވާހަކަދެއްކިއްޖެކުރެވުނީކޮންކަމެއް އަދިވެސްތިޔަކަހަލަވާހަކަދައްކަންލަދުނުގަންނާތީއަޅުގަނޑުހަމަހައިރާންވަން