ޚަބަރު ސިޔާސީ

އަލަމްގިރިއާއެކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު ވެސް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރާފިޢު

ރާއްޖޭގެ ގިނަ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.

Ads by STELCO

އެޗްޑީ ކޮލިޓީގެ އެ ދިގު ވީޑިއޯ ޢާންމުވީ މިއަދު ހެނދުނުއެވެ.

ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ''މި'' ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރާފިޢުވަނީ މިހާރު މަޤާމުން ވެސް ވަކިކޮށްފައެވެ. އޭނާ ވަކިކުރީ ވީޑިއޯ ޢާންމުވުމުގެ ކުރިންނެވެ.

ރ.މީދުއަށް ނިސްބަތްވާ އަދި އެ ރަށު ކަތީބުކަން ކޮށްފައިވާ ރާފިޢުއަކީ އެމްޑީޕީގެ ގިނަ ޖަލްސާތައް ފެށުމުގެ ކުރިން ޤުރުއާން ވިދާޅުވާ އެކަކެވެ. އޭނާ އަކީ މާލޭ އިންގްލިޝް ސްކޫލުގައި އިސްލާމީ ޓީޗަރަކަށް ވެސް އުޅުއްވި ބޭފުޅެކެވެ. ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރަކަށް އޭނާ އައްޔަންކުރީ މީގެ 3 އަހަރު ކުރިންނެވެ.

Ads by Allied Insurance
  1. މުހައްމަދު

    ރާފިޢު އެއްވެސްއިރެއްގަ މާލެއިންގްލިޝްސްކޫލްގެ ޓީޗލަރަކަށް ނުއުޅެއެވެ ރާފިޢު ކިޔެވީ އެމްއީއެސްއިންނެވެ