ޚަބަރު އިޖުތިމާޢީ

ޝިއާގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ގޮވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލު ކުރައްވަނީ

އަނިޔާވެރި ގޮތަކަށް ޏ.ފުވައްމުލަކު, ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ޝިއާގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

ހ.ޝީރީންވިލާގެ ނުވަވަނަ ފްލޯގައި ޝިއާ މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭގައެވެ.

އެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް, އެ ލާއިންސާނީ ޢަމަލާމެދު ހިތާމަކޮށް ކަންބޮޑުވުން ފާޅުކޮށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކޮންމެ ފަރުދަކަށް ލިބިފައި އޮންނަންޖެހޭ ދިރިހުރުމުގެ ޙައްޤާއި ކޮންމެ ނަފުސަކަށް އޮންނަންޖެހޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިންމުކަމެއް ކަމަށެވެ. އެ ކަން އެހެން އޮތްއިރު ޝިއާގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި, އެ ޖަރީމާ ހިންގި ފަރާތްތަކަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ގޮވައިލާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލެވެ. ކްރިމިނަލް ކޯޓުން އޭނާ ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފައެވެ.

ޝިއާގެ މަރުގެ މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ވެސް ވަނީ ގޮވައިލާފައެވެ.

Ads by Allied Insurance
  1. ހައްލު

    މައިންބަފައިންގެ އަޅާލުން ކުޑަވެ މަގު ގެއްލިފައިވާ ކުދިންނަށް ޖިންސީ ގޯނާ ކުރެވުމުން ނުވަތަ މަސްތުގެ ދުނިޔެއަށް ގެއްލި ބޮޑެތި ކުށްތަކަށް އަރައިގަތުމުން ނުވަތަ ބޮޑެތި ލާއިންސާނީ ޢަމަލުތަކުން ހަލާކުވެދިޔުމުން އެކުދިންގެ ޙައްޤުތަށް ހޯދައިދޭން ހުރިހާ މުއައްސަސާތަކުން ތެޅިފޮޅުމުގެ ބަދަލުގައި، އޭގެކުރިން އެފަދަ ޢާއިލާތަށް ހޯދައި ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރުން ކިހާ ބުއްދިވެރިތޯ!