ބޮޑެތި ކުށްތައް ހުއްޓުވުމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލަކު ނޭޅުވޭނެ: އިމްރާން
މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ގިނަވުމަކީ އެކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިންްފްރާސްޓްރަކްޗަރ ފެސިލިޓީސް ޕްރޮޖެކްޓްގެ ބިންގާ އެޅުމަށް ކ.ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މީހުން މެެރުންފަދަ ބޮޑެތި ޖަރީމަާތައް މަދުކުރެވޭނީ އެންމެން ވެސް މަސައްކަތް ކޮށްގެން ކަމަށެވެ.
''މިއަދު މި ހިސާބަށް އައިއިރު އަހަރެއްގެތެރޭގަ ތިން ހަތަރު ފަސް މަރު ގޮސްފި. އެތައް ބައެއްގެ ހަށިގަނޑަށް މުދަލަށް ގެއްލުންތަކެއްވާން މި މެދުވެރިވި ސަބަބާމެދު އަޅުގަނޑުމެން އެންމެން ވިސްނާ ފިކުރު ކުރަންޖެހޭ. ރާއްޖޭގަ ތިބި ހަރުދަނާ ހެޔޮވިސްނޭ އެންމެން އެކަމާ ދޭތެރޭ ސަމާލުކަން ދޭންޖެހޭ. ކީއްވެގެންތޯ އަޅުގަނޑުމެންގެ މި މުޖުތަމަޢު މި ބޮޑު ބަދަލު އައިސްގެން މި އުޅެނީ. މިކަމުން އަަރައިގަންނަން ހުރިހާކަމެއްގެ ޒިންމާ ފުލުހުންގެ ބޮލުގަ އަޅުވާފަ އަޅުގަނޑުމެން ތިބެންވީތޯ.''
އިމްރާން ވިދާޅުވީ މުޖުތަމަޢުގައި އެފަދަ ކަންކަން ޢާންމުވާން ފަށައިފިނަމަ މުޖުތަމަޢުގެ އެތައް ބަހާތަކެއް ފެއިލްވެގެން ހިނގައްޖެ ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށާއި އެންމެން ގުޅިގެން އެ ކަންކަން ގެންނަންޖެހޭ ކަމަށެވެ.
އާނއެކޭ. ކަލެއާއި ސުލޯލިހުގެ ބޮލުގައޭ އެންމެ ބޮޑަށް އަޅުވަންވީ.
ރަގަޅުވާހަކައެއް ތިމާގެ ދަރިފުޅު ގޯސް ވުމަކީ ޕޮލިހުން ޒިންމާ ނަގަންޖެހޭ ކަމެއްނޫން ، ތިމާގެ ދަރިފުޅުގެ ޒިންމާ އެއީ ހަމަ ތިމާ ނަގަންޖެހޭ އެކަމުގެ މަސްޢޫލިއްޔަތު ތިމާ ހުދު ނަގަންޖެހޭކަމެއް !