ޚަބަރު

ރައީސް ޔާމިނުގެ ފަރާތުން އެއްވެސް ހެއްކަކަށް ނުފޫޒެއް ނުފޯރުވާނެ: ވަކީލު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމިން. ފޮޓޯ: ޢަދަދު

ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ފަރާތުން ހެއްކަށް ނުފޫޒު ނުފޯރުވާނެކަމަށް އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވ.އާރަށު މައްސަލައިގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް 15 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 9:30 އަށް ވަނީ ކްރިމިނަލް ކޯޓުގައ ތާވަލުކޮށްފައެވެ.

ވަކީލު ޝަމީމް ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތުން އެއްވެސް މީހަކު ވ.އާރަށު މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކަށް އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ ކަމަށެވެ.

''އަދި ނުވެސް ފޯރުވާނެ. އަދި ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް.''

ވ.އާރަށް ކުއްޔަށް ދޫކުރުމަށް ހިންގި މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 09 ގައި ބޭއްވިއެވެ.

އެ އަޑުއެހުމުގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވެސް ވާހަކަދެއްކެވިއެވެ. ނަމަވެސް އޭނާ ދެއްކެވި ވާހަކަތަކުން ހާމަވެގެންދިޔައީ ރައީސް ޔާމިންގެ މައްޗަށް އޭނާގެ ހިތުގައި އޮތް ޢަދާވާތްތެރިކަންކަމަށް އެ މަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވަނީ ވިދާޅުވެފައެވެ.

Ads by PNC
  1. ދިވެހި ޒުވާނުން

    ވައްކަން ކުރުމަކީ އަތް ކނޑަންޖެހޭ ބޮޑުކުށެއް

  2. ކޮޅި

    ބުއްދި ސަލާމަތުން ހުރި މީހަކު ތި ވާހަހަކަ ގަބޫލު ކުރާނެބާ؟