ޚަބަރު ސިޔާސީ

ސިއްކަ ޢާއިލާއަށް 'ބޯކޮށް' ޑޮލަރު ވަދޭ, އަދީބު އަތުން ފައިސާ ހޯދާ ހާލަތުގައެއް ނޫން ރައީސް ޞާލިޙް ހުރީ: ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އަދީބު އަތުން ދެ މިލިއަން ތިން މިލިއަން ރުފިޔާ ހޯއްދަވާފަދަ ހާލަތެއްގަ ހުންނެވި ބޭފުޅެއް ނޫން ކަމަށާއި, ސިއްކަ ޢާއިލާއަކީ ދިވެހިރާއްޖޭގައި ތިބި މުއްސަނދިންކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޞާލިޙަކީ ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނަންގަވައިގެން ހުންނެވި ބޭފުޅެއްކަމަށް މިދިޔަ އަހަރު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ޢަލީ ވަޙީދު އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް އޭރު ހުންނެވި ރައީސް ޞާލިޙް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން 35 މިލިއަން ނެންގެވި ކަމަށާއި, ރައީސް ޞާލިޙް އެ ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކަމަށް ވެސް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

”ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަޙްޤީޤީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޟް.“ ޢަލީ ވަޙީދު އޭރު ވިދާޅުވިއެވެ.

ޢަލީ ވަޙީދު ދެއްކެވީ ޙަޤީޤަތެއް ހެއްކެއް ނެތް ވާހަކަތަކެއް ކަމަށާއި ހެކި ހުރިއްޔާ ޢާންމުކުރަންވީކަމަށް ބުނެ ސަރުކާރުން އޭރު އެ ތުހުމަތުތައް ދޮގުކުރިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް މިރޭ ވިދާޅުވީ ރައީސް ޞާލިޙަކީ އަދީބު އަތުން ދެ މިލިއަން ނުވަތަ ތިން މިލިއަން ރުފިޔާ ހޯއްދަވާފަދަ ހާލަތެއްގަ ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.

އަދި ރައީސް ޞާލިޙަކީ ސިއްކަ އަޙްމަދު އިސްމާޢިލް މަނިކުގެ ދަނބިދަރި ކަމަށާއި, ސިއްކަ ޢާއިލާއަކީ ދިވެހިރާއްޖޭގައި ތިބި މުއްސަނދިން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

''ރައީސް ޞާލިޙަކީ އަދީބު އަތުން ދެ މިލިއަން ތިން މިލިއަން ރުފިޔާ ހޯއްދަވާފަދަ ހާލަތެއްގަ ހުންނެވި ބޭފުޅެއް ނޫން. އަދި ފަސް މިލިއަން ވިޔަސް އަފި ފަންސާސް މިލިއަން ވިޔަސް އިނގޭތޯ. ރައީސް ޞާލިޙަކީ ސިއްކަ އަޙްމަދު އިސްމާޢިލް މަނިކުގެ ދަނބިދަރި. ސިއްކަ ޢާއިލާއަކީ ދިވެހިރާއްޖޭގަ ތިބި މުއްސަނދިން. ތަނަވަސް, ފައިސާހުރި, ޑޮލަރު ޖީބަށް ވަންނަ ޢާއިލާއެއް އެ ޢާއިލާއަކީ. އެހެންވީމަ އަދީބު ދެއްވާ ދެތިން މިލިއަންރުފިޔާއެއް ބައްލަވައި ކަޅުދަބަހެއް ހިފައިގެން އިބޫ ޞާލިޙް ވަޑައިގަންނަވާކަށް ނުޖެހޭނެ.''

ޝަރީފް ވިދާޅުވީ ރައީސް ޞާލިޙްގެ އިސްތަށިފުޅުގައި އެކަން އެ އަޅުވަނީ ސިޔާސީ މަގުސަދެއްގައިކަން ޙަޤީޤަތް ގަބޫލުކުރާ ކޮންމެ މީހަކަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ ސިޔާސީ ގޮތުން އަމިއްލަފުޅަށް އެތަކެއް ޚަރަދެއް ކުރައްވާ ބޭފުޅެއް ކަމަށާއި މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ކެމްޕޭނުގެ ޚަރަދުތައް ބެލެހެއްޓެވީ ސިއްކަ އަޙްމަދު އިސްމާޢިލް މަނިކު ކަމަށެވެ.

Ads by Ooredoo
  1. އެންމެންވެސް އުޅެނީ ލިބޭވަރު މަދުވެގެން ގިނައިން ނުނެގިގެން މާލިއްޔަތުން !