ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާ ދިމާއަށް އެއީ ކުށްވެރިއެކޭ އަދި ނުބުނެވޭނެކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދާދިފަހުން ރައީސް ޔާމިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުން ބޭއްވެވީ ކޮންކަމެއް ހާސިލުކުރައްވަންތޯ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ސުވާލު ދެންނެވުމުން ޝަރީފް ވިދާޅުވީ އެއީ ރައީސް ޔާމިނަށް ކުރެވޭ ތުހުމަތުތަކުން ބަރީޢަވެވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅުގެތެރެއިން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެއީ އަދި ކުށްވެރިއެކޭ ނުބުނެވޭނެ ކަމަށެވެ. ހެކިތައް ތަޙްޤީޤުކުރެވި, ދަޢުވާ ކުރެވި, ޝަރީޢަތް މި ކުރެވެނީ އެހެންވެ ކަމަށާއި, އިޖުރާޢަތްތަކާއި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޝަރީޢަތަށް ކަމެއް ސާބިތުނުވާހައި ހިނދަކު ބަލަން ޖެހޭނީ ރައީސް ޔާމިނަކީ ކުށްވެރިއެއް ކުށެއް ނެތް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ ހުންނަވައި, ރައީސް ޔާމިނަކީ ކުށްވެރިއެކޭ ވިދާޅުވެ އެފަދަ ވާހަކަތައް ދައްކަވަން އޭނާއަށް ކެރިވަޑައިނުގަންނަވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ވ.އާރަށުގެ މުޢާމަލާތުގެ މައްސަލައާއި ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ކްރިމިނަލް ކޯޓުގައި އަންނަނީ ބަލަމުންނެވެ. ނަމަވެސް އުފުލާފައިވާ ދަޢުވާތަކަށް ރައީސް ޔާމިން އިންކާރުކުރައްވައެވެ.
ޟި މި ދެން ކާކު
ތީ ދެން ކާކު