ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަސްޕެންޝަނުގައި ދޮޅު އަހަރު: ސާޖެންޓް އެޓް އާމްސް ވަކިކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސާޖެންޓް އެޓް އާމްސް މުޙައްމަދު ޙަލީމް

ސަސްޕެންޝަނުގައި ހުންނަތާ ދޮޅު އަހަރު ފަހުން ރައްޔިތުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުޙައްމަދު ޙަލީމް ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

2013 ވަނަ އަހަރު މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަޤާމު އުފެއްދީއްސުރެ އެ މަޤާމު އަދާކުރައްވަމުން އަންނަ ޙަލީމް ވަކިކުރުމުގެ މައްސަލަ މިއަދު ވަނީ މަޖިލީހުގައި އެޖެންޑާކޮށްފައެވެ.

މަޖިލީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޙަލީމް ސަސްޕެންޑްކުރީ މިދިޔަ އަހަރު ޖެނުއަރީގައެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ބެހޭ ތަފްސީލެއް މަޖިލީހުން ހާމައެއް ނުކުރެއެވެ.

މަޢުލޫމާތު ލިބޭ ގޮތުން ޙަލީމް ސަސްޕެންޑްކުރީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރި ބަގުކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.

Ads by Allied Insurance
  1. އަބްދޫ

    ގާނުނުއަސސީގަ ލިޔެވިފައި އޮތްގޮތުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާނީ މިނިސްތްރީއޮފް ޑިފެންސް އިން.