އަމިއްލަފުޅަށް އަރުވާލެވިގެން 07 އަހަރު ހުންނެވުމަށްފަހު, އަމީން ރާއްޖެ ވަޑައިގެންފި

އަމިއްލަފުޅަށް އަރުވާލެވިގެން 07 އަހަރު ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ކުރީގެ ޓްރާންްސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަމީނަކީ 2015 ގައި ބޭއްވި މޭޑޭގެ އެއްވުން ލީޑުކުރެއްވި އެއް ބޭފުޅާއެވެ. އެ އެއްވުމާއި ގުޅިގެން އެ ރޭ އަމީން ހައްޔަރުކުރިއެވެ. އެކަމުގައި މަސް ދުވަސް ވަންދެން ޖަލުގައި ހުންނަވަން ޖެހިވަޑއިގަތެވެ. އަމީން އިނގިރޭސިވިލާތަށް ވަޑައިގަތީ ބަންދުން ދޫކޮށްލުމުންނެވެ.
އަނބިކަނބަލުންނާ ދެ ބޭފުޅުންނާއެކު އަމީން އެނބުރި ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު 11:45 ގައި ވީއައިއޭގައި ޖެއްސި ފްލައިޓަކުންނެވެ.
އަމީންއަށް މަރުހަބާ ވިދާޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ޕާޓީގެ އިސް ބޭފުޅުން އެއާޕޯޓަށް ވަޑައިގަތެވެ.