ޖަމީލު ވިދާޅުވީ ޤާސިމްގެ ''ތެދު ނިޔަތެއް'' ނެތް ކަމަށް

ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުކުރުމުގެ ކުށާއި ސިހާގުކުރުމުގެ ކުށް ހިމަނަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އިސްލާހެއް ހުށަހެޅުއްވުމުން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުގެ ކުށާއި ސިހާގުގެ ކުށް ހިމަނަން ޤާސިމް ހުށަހެޅުއްވި އިސްލާހާ ގުޅިގެން ޖަމީލް މިއަދު ވިދާޅުވީ އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވިއިރު ޤާސިމްމެން ތިބީ ސަރުކާރުގަައި ކަމަށާއި, ތެދު ނިޔަތެެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު މި ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިޔައިރު ބަލަން ނުތިބޭނެ ކަމަށެވެ. އަދި ފާހިޝް ކުށްތައް ހުއްޓުވުމުގެ ނަމުގައި ވާހަކަ ދައްކވަނީ ސިޔާސީ މަންފާއަށް ކަމަށެވެ.
''ޤަބޫލު ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން.'' ޖަމީލް ވިދާޅުވިއެވެ.
އިސްލާހު ހުށަހެޅުއްވި އެއް ސަބަބެއްކަމަށް ޤާސިމް ވިދާޅުވެފައިވަނީ, އެއް ޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއް ކަމަށް ދެކި އެފަދަ އަމަލުތައް ކުރާ މީހުން ތަޙްޤީޤު މަރުހަލާގައި ފަސޭހައިން މުޖުތަމަޢު ތެރެއަށް ދޫކޮށްލެވިފައި ތިބޭނަމަ, ޝަރީޢަތުގެ މަރުހަލާ ނިމުމުގެ ކުރިން އެހެން ބަޔަކާއެކު އެފަދަ ނުބައި އަމަލެއް ހިންގުމުގެ ފުރުސަތު އޮތުން ކަމަށެވެ.
ތިނިއަތްރަގަޅުމީހަކުނެތް
ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ! އެކަކު އަނެކަކަށް ލަޑުދިނުން ! ޓޮމްމެން ޖެރީ ކާޓޫނު ކުޅެނީ !