ޚަބަރު ރައްޔިތުންގެ މަޖިލިސް

ހުރިހާ ޕްރޮޖެކްޓެއް އެމްޓީސީސީއާ ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެއްޖެ: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް އެމްޓީސީސީއާ ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި, ޕްރޮޖެކްޓްތައް އެމްޓީސީސީއާ ހަވާލުކުރާ ސަބަބާގުޅޭ ގޮތުން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަސައްކަތް ޓެންޑާއަށް ހުށަހެޅުމުން އެ މަސައްކަތް ކުރަން އިތުރު ކުންފުންޏަކުން ކުރިމަތިނުލައިފިނަމަ ނުވަތަ ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ޝަރުތު ފުރިހަމަނުވާނަމަ އެ މަސައްކަތެއް ސަރުކާރުން ޑައިރެކްޓް އެވޯޑު އުސޫލުން އަންނަނީ އެމްޓީސީސީއާ ހަވާލުކުރަމުން ކަމަށެވެ. އަސްލަމް ވިދާޅުވީ ބައެއް ފަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެމްޓީސީސީއާ މަސައްކަތް ހަވާލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި, އެ ގޮތުން މީގެކުރިން ވެސް މެންބަރުން އެދިވަޑައިގަންނަވާތީ އެ ގޮތަށް ހަވާލުކުރާ ކަމަށެވެ.

އެމްޓީސީސީގެ ކެޕޭސިޓީއާއި އަމިއްލަ ކުންފުނިތަކުގައި ހުނަރުވެރިކަން ނެތްކަމަށް ވިދާޅުވާއިރު, އެ މަނިކުފާނުގެ ވެރިކަމުގައި 2010 ގައި ބިން ހިއްކާ ހަތަރު ކުންފުންޏާއި ބަނދަރު ހަދާ އެތައް ކުންފުންޏެއް ހުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއް އެމްޓީސީސީއާ ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ބަނގުރޫޓުވެއްޖެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''ތަކުރާރުކޮށް ހަމައެކަނި ސަރުކާރުން އެމްޓީސީސީއަށް ޕްރޮޖެކްޓްތައް ދެމުން ގެންދިއުމުން މި ކުންފުނިތައް މިހާރު ވަނީ ބަނގުރޫޓުވެފާ. އަދި އެ ކުންފުނިތަކަށް އެއް ގޮތަކަށް ވެސް މިދަނީ މަސައްކަތްތައް ނުލިބި. އަޅުގަނޑަށް ފެންނަ ތަނުގައި މި މަގަށް މަސައްކަތްތައް ގެންދިއުމަކީ ސަރުކާރުގެ އެމްޑީޕީ ސިޔާސަތާ ވެސް މުޅިން ފުށުއަރާކަމެއް.''

އަދި އެއީ މި ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅޭކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

  1. ޙާލި

    ޢަމިއްލަ ކުންފުނިތަކަށް ޕޮރޮޖެކްޓުތައް ދިނީމާ ވާގޮތަކީ ޕޮރޮޖެކްޓުތައް ނުހިންގި ނިންމަންބުނާ މުއްދަތަކަށްނުނިމޭ ދެންބުނަނީ ބަޖެޓް ހުސްވެއްޖޭ ކިޔާ ދިގުދަންމާތަަން ފެންނަނީ މީހަގީގަތް ތިއުޅެނީ މިހާރު ކޮށްކޮ އީވާ ގެ ކުންފުއްޔަައް ޕޮރޮޖެކުޓްތައްނުދީގެންތަ

  2. ނަޝީދަށް ކަޓުލިބޭނީ އަމިއްލަ ކުންފުނިތަކަށް ދީގެންތާ އެހެންވެ އެވަހަކަ ދައްކަނީ ބަލަ ސަރުކާރުން ކުންފުނި ހެދީ ސަރުގެ މަސައްކަތް ކުރަން ހަވާލުކުރަން އޭރުން ދައުލަތަށް ފައިދާވާނީ !