ޚަބަރު ޝަރުޢީ ދާއިރާ

ހައްޔަރުކޮށްފައި ހުއްޓާ ދޫކޮށްލި ހުނޫގެ ބަންދާމެދު މިއަދު ގޮތެއް ނިންމަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހުނައިސާ (ހުނޫ)

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނިކޮށް ދޫކޮށްލާފައިވާ ފިލްމީ ތަރި ހުނައިސާ އާދަމް (ހުނޫ) ބަންދާމެދު ގޮތެއް ނިންމުން މިއަދު ކުރިއަށްދާނެއެވެ.

Ads by MWSC

ހުނޫއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި, ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި, ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި, މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލީ މިދިޔަ މާޗުމަހުގެ 28 ގައެވެ.

ހުނޫ ބަންދުން ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުގައި މިދިޔަ ޖުލައިމަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައެވެ.

މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާ ހުނޫއާ ގުޅުވައިލެވޭނެ ހެއްކެއް ނެތްކަމަށް ބުނެ, ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލުމުން
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރީ މި މަހުގެ 08 ގައެވެ.

މި މައްސަލައިގައި ހައިކޯޓުން ޙުކުމްކުރީ މި މަހުގެ 15 ގައެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނީ, މި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވައި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބުތައް އެބަހުރި ކަމަށެވެ. ނަމަވެސް އެފަދަ ސަބަބެއް ނެތް ކަމަށް ފަނޑިޔާރަށް ބުރަވެވުނު ސަބަބު އެއްވެސް މިންވަރަކަށް ބަޔާންކުރުމެއް ނެތި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމުގައި ނުދެކޭ ކަމަށެވެ.

އެ ގޮތުން ހައިކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށާއި, މި މައްސަލައަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށްވާތީ ހުނޫގެ ބަންދާމެދު އެ ކޯޓުން މި ވަގުުތު ގޮތެއް ކަނޑައަޅަން ނުފެންނަ ކަމަށެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ހުށަހަޅައިފިނަމަ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި މި ގަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަން ފެންނަކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ހުނޫގެ ބަންދާމެދު ގޮތެއް ނިންމުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާނެއެވެ.

Ads by Allied Insurance
  1. ނަފްސް

    ނަފްސާނީއެއް ދޫކޮށްލާ!