ދުނިޔެ

މޫސުމީ ވިއްސާރައިގައި ޕާކިސްތާނުގެ 4 ލައްކައެއްހާ ގެއެއް ސުންނާފަތި ވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އަރައިފިއެވެ. މޫސުމީ ވިއްސާރައިގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކެއް ވަނީ ފެން ބޮޑުވެފައެވެ.

Ads by WAMCO

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވިދާޅުވިއެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން އެ ޤައުމަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވިއްސާރަ މޫސުމުގައި އެ ޤައުމަށް ޢާންމު ގޮތެއްގައި ހަތަރު ފަހަރެއްގެ މަތިން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ކުރިމަތިލާން ޖެހޭ ކަމަށާއި، ނަމަވެސް މި އަހަރު އަށް ފަހަރެއްގެ މަތިން ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޕާކިސްތާނުގެ ސަރަޙައްދުތަކަށް އަރާ ތޫފާންތަކުގެ އަދަދުތައް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ވިއްސާރަ މޫސުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރެއިން ވެސް، އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސިންދު ޕުރޮވިންސަށެވެ. ވިއްސާރަ މޫސުމުގައި ޢާންމުކޮށް އެ ޕުރޮވިންސަށް ވާރޭވެހޭ މިންވަރަށް ވުރެ އަށް ގުނަ އިތުރަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

Ads by Allied Insurance
  1. މުސްލިމުންނަށް ހަމްދަރުދީ ވުމަކީ ކުރިން ދިވެހިންގައި ހުންނަ ވަރަށް ރީތި ސިފައެއް މިހާރު އެކަމެއް ނުފެނޭ ! ްެްެްެްެްެްެްެްެްެ