ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވާ މިންވަރު: ޝިޔާމް

ރާއްޖޭގެ މިނިވަންކަމާ ޤައުމީ ސަލާމަތަށް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ކަންކަމަށް އަވަށްޓެރި އިންޑިއާގެ ނުފޫޒު އިމެއް މިނެއްނެތި ވަދެފައިވާ މިންވަރުކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް އިއްޔެ ވަޑައިގަތް ޚަބަރާ ގުޅިގެންނެވެ.
އޭގެ އިތުރުން ޝިޔާމް ވިދާޅުވީ މިކަމާ ބަހެއް ބުނަން ސަރުކާރު ނުކުޅެދި ހުރިހާ ގޮތަކުން ކަސްތޮޅު އެޅިފައިވާ މިންވަރަކީ ވެސް ރާއްޖޭގެ މިނިވަންކަމާ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަތީ ކޮން ބޭނުންފުޅެއްގައިކަމެއް ސާފެއް ނޫނެވެ. މަޖިލީހުގެ އިދާރާއިން ވެސް ބުނީ ނުރަސްމީ ދަތުރުފުޅެއްކަމުން އެކަމާ ބެހޭ މަޢުލޫމާތެއް ނޭނގޭ ކަމަށެވެ. މި އަހަރުގެ އޭޕްރީލް މަހުގައި ވެސް ނަޝީދު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ނަޝީދަކީ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ''ޕަޕެޓެއް'' ކަމަށް ވެސް ގިނަ ބަޔަކު ސިފަކުރެއެވެ.
ދިވެހިރާއްޖެ އޮތީ އިޤުތިސާދީ ރިބާ އާއި ކެޕިޓަލިޒަމް ގެ ތެރޭގައި ތާށިވެފައި އިޤުތިސާދި އެންމެ ބޮޑު ގެއްލުމަކީ ރިބާ އާއި ކެޕިޓަލިޒަމް އިގުތިސޯދީ ނިޒާމް ބޮޑު ނުރައްކަލެއް !