ޚަބަރު

ރަނުގެ ފުރުސަތެއް! ފަރިތަކޮށް ޓައިޕްކުރަން ދަންނަ މީހަކު ރައީސް އޮފީހުން ހޯދަނީ، މުސާރަ 19000 އަށްވުރެ ގިނަ ރުފިޔާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށް، ފަރިތަކޮށް ޓައިޕް ކުރަން ދަންނަ މީހަކު ހޯދަން ރައީސް އޮފީހުން އިއުލާނު ކޮށްފިއެވެ.

Ads by STELCO

އެގޮތުން އެއޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއޮފީހުގެ ޔުނިޓުތަކުން ޓައިޕްކުރަންޖެހޭ ލިޔުންތައް ވީހާވެސް ކުށްމަދުކޮށް، ދިވެހި ބަހުގެ ޤަވާއިދާއި ހަމަތަކާއި އެއްގޮތަށް ފަރިތަކަމާއެކު އަވަހަށް ޓައިޕްކުރުން ދަންނަ އަދި ޔުނިޓުގައި އަރކައިވްކޮށް ބަލަހައްޓަންޖެހޭ ކުރީގެ ލިޔުންތައް، ފަރިތަކަމާއެކު ކުށްނުލައި އަވަހަށް ޓައިޕްކުރުން އެނގޭ މީހަކު ބޭނުންވާ ކަމަށެވެ.

މީގެއިތުރުން އެމީހަކީ ރިކޯޑިން އަޑުއަހައިގެން ވެސް ފަރިތަކޮށް ޓައިޕްކުރެވޭ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

މުސާރައާއި އެލަވަންސް ތަކާއެކު މަހަކު 19,918.75 ރުފިޔާ ލިބޭ މިވަޒީފާއަށް ކުރިމަތިލާން އެދޭ ފަރާތްްތަކީ އެމަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ހުރިކަން ސާބިތުކުރުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 (ބެޗްލަރސް އޮފް އާޓްސް އިން ދިވެހި ލެންގުއޭޖް/ ދިވެހިބަހުގެ ޑިގްރީ) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށްް ވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކުށްފިލުވާ ރަނގަޅު ކުރުމުގެ ތަޖުރިބާއާއި މައުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

  1. މާލޭގެ ވަޒީފާއަކާ ބަލާއިރު، ތީ ރަނުގެ ފުރުޞަތެކޭ ނެތް ބުނެވޭކަށް.