ޞާލިޙްގެ އިންސާފުގެ ދަތުރުގައި ''އެއް ޖިންސުގެ ފާފަ ކުރާ ޕާޓީ ކުދިންނަށް ލުއި ދަޢުވާ'' : ޖަމީލް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިންސާފުގެ ދަތުރުގައި އެއް ޖިންސުން ޖިންސީ ގުޅުން މީހުންނަށް ކުރަނީ ލުއި ދަޢުވާ ކަމަށާއި, ރައީސް ޞާލިޙް އިސްކުރައްވަނީ އަމިއްލަ މަސްލަހަތުކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެެއެވެ.
ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ އެމްޑީޕީ އަދި ރައީސް ޞާލިޙްގެ އިންސާފުގެ ދަތުރުގައި, ދަޢުވާ ލިބޭ ވަޒީރުން ތިއްބަވަނީ އެ މަނިކުފާނުގެ އަރިހުގައިކަމަށް ވިދާޅުވެފައެވެ. އަދި
''އެއް ޖިންސުގެ ފާފަ ކުރާ ޕާޓީ ކުދިންނަށް'' ކުރަނީ ލުއި ދަޢުވާ ކަމަށާއި, މުޖުރިމުން އަރިސްކޮށް ހެކިވެރިންނަށް ހައްދަވާފައިވާކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
''ޕީޖީ ބުނާހެން އިންސާފު ލިބޭނީ ޤިޔާމަތް ދުވަހު؟ ރ.އިބޫ ކަށަވަރު ކުރަނީ އަމިއްލަ މަސްލަހަތު.'' ޖަމީލް ވިދާޅުވިއެވެ.
''އެއް ޖިންސުގެ ފާފަ ކުރާ ޕާޓީ ކުދިންނަށް'' ކުރަނީ ލުއި ދަޢުވާއެއްކަމަށް ޖަމީލް ފާހަގަކުރެއްވިއިރު, ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ބައެއް މީހުންނަށް ދަޢުވާ ކުރީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ޚާއްސަ ޤާނޫނުކަމަށްވާ ޖިންސީ ކުށުގެ ޤާނޫނުގެ ބަދަލުގައި ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ. އެ ދެ ޤާނޫނުގައި ވެސް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވީ ނަމަވެސް އެ ދެ ޤާނޫނުގެތެރެއިން ލުއި އަދަބެއް ލިބޭނީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.
ލިވާތު ކުރާ މީހުންގެ ހުކުމަކީ އެމީހުން ހައްދާއި ތަޢުޒީރެއްގެ ގޮތުން ޤަތުލް ކުރުން މެރުން ކަމުގައި ޖުމޫރު ޢިލްމުވެރިން ވިދާޅުވޭ !