ކުރު މުއްދަތެެއްގެ ތެރޭގައި ކަންކަން އިސްލާހެއް ނުކުރެވޭނެ: އިމްރާން

ކުރު މުއްދަތެެއްގެ ތެރޭގައި ކަންކަން އިސްލާހު ކުރުމަކީ ވާނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ މެންދަމުގައި ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަ ދެއްކުމަކުން ވާނެކަމެއް ނޫން ކަމަށެވެ. އަދި އެއީ ކުރު މުއްދަތެއްގެ މަދު މަސައްކަތުން ވާނެކަމެއް ނޫންކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށެވެ. އޭގެ އިތުރުން ދިގު މުއްދަތަކަށް ފޫހިކަމެއް ވަރުބަލިކަމެއްނެތި ކުރެވޭ ގިނަ, ބުރަ މަސައްކަތުންކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އުރުން ބާކީ އޮތްހާދުވަހެއްގަ ތިއަ މަގާމުގައި ހުންނަވަ؛މޭޑޭ އަށް ނިކުމެވިދާޅުވި ޤއުމު އިސްލާހުކުރަން ބޭނުމީ ދެ އަހަރޯ�ލަދެއްހަމަ ނެތީއޭ: