ކޮވިޑް-19: ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ފައްސިވެއްޖެ

ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކުޑަރިކިލުން ފައްސިވެފައިވަނީ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ އެރަށަށް ގޮސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައެވެ.
އޮންލައިންް ނޫސް "ވަން" އަށް މައުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލުގެ ރައީސް އަބްދުލް ހަންނާނު އައްބާސް ވިދާޅުވެފައިވަނީ، އެމީހާ ކޮވިޑަށް ފައްސި ވެފައިވާކަން އެނގިފައިވަނީ އޭނާގެ ސާމްޕަލް ނަގައި އޭދަފުށްޓަށް މިއަދު ފޮނުވުމުން ކަމަށެވެ. އެމީހާގެ ހާލު ސިއްޙީ މަރުކަޒުން ބަލަމުން އަންނައިރު، ހާލު ރަނގަޅު ކަމަށް ވެސް ހަންނާނު ވިދާޅުވެފައިވެއެވެ.
ކުޑަރިކިލުން ކޮވިޑަށް މީހަކު ފައްސި ވުމާއި ގުޅިގެން، އެރަށުގެ ރައްޔިތުން މާސްކު އަޅައިގެން އުޅުމަށާއި އެއްވެ ނޫޅުމަށް އަންގާފައިވާ ކަމަށް ވެސް ޢަބުދުލް ހަންނާނު ވިދާޅުވެފައިވެއެވެ.