ޚަބަރު

އިންޑިޔާ އައުޓް ހަރަކާތުގައި ބައިވެރިނުވަނީ ރައީސްގެ ގަރާރުގެ ސަބަބުން: ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅު ފަރާތްތަކުން މާލޭަގައި ބޭއްވި އިންޑިއާ އައުޓް މުޒާހަރާގެ ތެރެއިން.. ދެން އިމޭޖްސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި "އިންޑިޔާ އައުޓް" ހަރަކާތް ނުހުއްޓޭކަމަށާއި، ކުރިން ހިންގިގޮތަށް އެ ހަރަކާތް ހިންގަން ރަށްތަކަށް ދަތުރު ނުކުރަށްވަނީ، ހަރަކާތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވާފައިވާ ގަރާރުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީން ރޭ ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައި ޔާމިން ވިދާޅުވީ، އިންޑިއާ އައުޓު ހަރަކާތް ހުއްޓުވަން ނެރެފައިވަނީ ގާނޫނާއި ޚިލާފް ގަރާރެއް ކަމަށާއި، އެހެންނަމަވެސް އެ ގަރާރަކީ ގާނޫނާއި ޚިލާފް ގަރާރަކަށް ވިނަމަވެސް، ޕާޓީން ރިޔާސީ ޓިކެޓް ލިބެފަ ހުރި މީހަކު، ގާނޫނާ ޚިލާފަށް މަސައްކަތް ކުރަން ނިކުތުމަކީ ހަމަޖެހޭ ކަމަށް ނުވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާފަހުރި މީހަކު، އަދި އަޅުގަޑުމެންގެ ޕާޓީން ރިޔާސީ ޓިކެޓް ލިބިފަ ހުރި މީހަކު ކަނޑައެޅިގެން އެކަހަލަ ގަރާރެއް، އަދި އެއީ ގާނޫނާ ޚިލާފް ރަރާރެއް ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަ ގާނޫނާ ޚިލާފް ވިނަމަވެސް، އެއާއި ދެކޮޅަށް މަސައްކަތް ކުރަން، ގާނޫނާއި ޚިލާފަށް މަސައްކަތް ކުރަން ނުކުތުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަޑު އެކަމުގަ ނޫޅެނީ.

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާއެކު، ރަށްތަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ކެންޕެއިން ހަރަކާތްތަކެއް ހިންގަވާފައެވެ. ނަމަވެސް ރައީސް ޞާލިޙް އެ ހަރަކާތް ހިންގުން ޤަރާރަކުން ހުއްޓުވުމުން އެ ހަރަކާތްތައް ވަނީ މަޑު ޖައްސާލާފައެވެ.

އެ ސަބަބު ހާމަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫނާ ޚިލާފަށް ރައީސް ގަރާރެއް ނެރުއްވިނަމަވެސް ފުލުހުން އެގަރާރު ތަންފީޒުކުރަމުންދާނެކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން އިސްވެ ހުންނަވައި، މިހަރަކާތަށް ރަށްރަށަށް ވަޑައިގަންނަވާއިރު ގަރާރުގެ ސަބަބުން ހަމަނުޖެހުމަކަށް ދަނީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ދެން އިންޑިޔާ އައުޓް ހަރަކާތުގަ އަޅުގަނޑު އިސްވެހުރެ ރަށްތަކަށް ޒިޔާރަތްކޮށް މިހަދަނީ. މިކަންތަކުގެ ތެރޭގަ އަނެއްކާވެސް ހަމަނުޖެހުމަކަށްދާނީ. އަޅުގަނޑުމެން ދިޔައިމަ ހަމަ ފުލުހުންނަށްވެސް މަޖުބޫރުވާނެ އަޅުގަނޑުމެން ކައިރީގަ ބުނަން، ރައީސްގެ ގަރާރު އޮތީމަ ތި ހަރަކާތެއް ނުުހިންގޭނޭ. ދެން އެކަންވެސް އަޅުގަނޑުމެން ނުހިންގާ އައިމަ ދެން ރަށްރަށުގައި ތިބި އަޅުގަނޑުމެންގެ މީހުންނާ އިދިކޮޅު މީހުންނާ ދެމެދު ރަށްރަށުގެ ތެރޭގައި މަސްލަހަތު ގެއްލޭކަންކަން ހިނގާނެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!