ޚަބަރު ސިޔާސީ

އަޅުގަނޑުގެ ސަރުކާރުގައި ވަކި ވާހަކަތަކެއް ލިޔުން އެއްވެސް ނޫސްވެރިއަކަށް މަނާކޮށްފައެއް ނުވާނެ: ރައީސް ޔާމީން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

އެ މަނިކުފާނުގެ ސަރުކާރުގައި ވަކި ވާހަކަތަކެއް ދެއްކުން އެއްވެސް ނޫސްވެރިއަކަށް މަނާކޮށްފައި ނުވާނެކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ވަކި ވާހަކައެއް ލިޔެ, އެކަމެއްގެ ވާހަކަތައް ދެއްކުން އެއްވެސް ނޫސްވެރިއަކަށް މަނާކޮށްފައި ނުވާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ދައުރުގައި
ބޮޑެތި ވަރުގަދަ މުޒާހަރާތައް ކުރުމަށް އެމްޑީޕީއަށް ޖާގަދެއްވާފައިިވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރަށް އެ ގޮތަށް ޖާގަދޭން ކެރޭ ތޯ ވެސް ސުވާލު ކުރެއްވިއެވެ. ރައީސް ޔާމީންވިދާޅުވީ ޕީޕީއެމްއިން މުޒާހަރާ ކުރަމުން ގޮސް ކާނިވާ ސަރަހައްދާ ހަމައަށް ދިއުމަށް ވެސް ފުލުހުން ހުރަސް އަޅާ ކަމަށެވެ.

އެހެންކަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭރު އޮތް ގޮތާއި މިހާރު އޮތް ގޮތް އަޅާ ކިޔައިލަންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by HDC
  1. ކެޔޮޅު

    ހަދާ ދޮގު ބަލާލަ. ނޫސްވެރިން ނަށް އެނމެބޮޑު އަނިޔާއެއްވެސް ދިނީ ކަލޭ ނޫސް ވެރިން ގެއްލުވާލި ވެސް ކަލޭ. އަދުރޭމެން ކަލޭ ޖަލައް ލާން ތައްޔާރުވަނީ މިހާރު .ދެން ލަލަލާ.