ޚަބަރު ޝަރުޢީ ދާއިރާ

އާރަށް ކުޑަ އަގެއްގައި ކުއްޔަށް ދިނީ ރައީސް ޔާމީން ވިދާޅުވެގެން: އަދީބު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެ ރަށް ވަކި ބަޔަކަށް ކުއްޔަށް ދޭން ނިންމައި އަދި ރަށުގެ އަގު ކުޑަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފިއެވެ.

Ads by MWSC

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެމުން އަދީބު ވިދާޅުވި ގޮތުގައި އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު އެބަތިބި ކަމަށާއި އެރަށް ލިބިއްޖެއްޔާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް އޭނާގެ ގާތު ވިދާޅުވި ކަމަށެވެ. އޭރު އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށް ވާތީ އެކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމަށް އޭރު ބުނެފައިވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އޭރު އެ ރަށް އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ކަމުން، ރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ޔޫސުފް ނައީމް ކައިރީގައި ބުނިކަމަށެވެ. އޭގެފަހުން ޔާމީން ގުޅުއްވި ކަމަށާއި އަދި އާރަށުގެ ކަންތަކުގައި ޔޫސުފް ނައީމް އައިކަމަށް ވިދާޅުވި ކަމަށާއި، އަދި އާރަށުގެ ކަންތައް ނިންމަވަންޖެހޭކަމަށް ޔާމީން ވިދާޅުވިކަމަށް އަދީބު ހެކިބަސް ދީފައިވެއެވެ. އަދި ޔާމީން އެކަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން އެކަން އެގޮތަށް ނިންމެވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ޔޫސުފް ނައީމް ވަކީލް ވަނީ އަދީބަކީ އަދުލުވެރި ހެއްކަކަށްނުވާތީ ކުރާނެ ސުވާލެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވަކީލުންނަށް އަދީބާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވަނީ ރަށުގެ އަގު ކަނޑައަޅާ އުސޫލާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!