ޚަބަރު އިޖުތިމާޢީ

264 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 264 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

Ads by Hajj Corporation

އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.

މިއަދު ނައްތައިލި މަސްތުވާތަކެތި:

މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓް.
މަސްތުވާތަކެތި ހުރި 4285 ސެލޯފިންކޮޅު.
މަސްތުވާތަކެތި ހުރި 246 ފިލްމު ހުސްކުރިދަޅު.
130 ބުލެޓް.
40 ބިޑި.
6359 ބޭސްގުޅަ.

މީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށާއި, މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ތަކެތި 4559 އެހެނިހެން އައިޓަމްގެ ގޮތުގައި ނައްތާލާފައި ވެއެވެ.

އެ ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާއާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި ބޭފުޅުންގެ ހާޒިރުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!