Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ލާމު އަތޮޅު ރައީސްގެ ޚިޔާލެއް ރައީސަށް، ފަޅުތައް ނުހިއްކާ، ބިންބޮޑު ލާމުގައި މަޝްރޫއުތައް ހިންގައިދީ

ލާމު އަތޮޅު ރައީސްގެ ޚިޔާލެއް ރައީސަށް، ފަޅުތައް ނުހިއްކާ، ބިންބޮޑު ލާމުގައި މަޝްރޫއުތައް ހިންގައިދީ

ފަޅުތަކާއި ފިނޮޅުތައް ހިއްކުމުގެ ބަދަލުގައި ތަރައްޤީގެ މަޝްރޫތައް، ބިމުގެ ގޮތުން ތަނަވަސް ރަށްތައް ކަމަށްވާ ލާމު އަތޮޅުގެ ރަށްތަކުގައި ހިންގުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ޚިޔާލު ދެއްވައިފިއެވެ.

މިހާރު ލ. ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ލ. އަތޮޅު ރައީސް، އިސްމާއީލް އަލީވަނީ ބިންބޮޑެތި ރަށްތަކުގެ ބޭނުން ނުހިފާ، ފަޅުތައް ހިއްކާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ލަފާ ކުރެވޭގޮތުގައި އިސްމާއީލް އަލީ އިޝާރާތް ކުރެއްވީ މާލެ ކައިރި އޮންނަ ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށެވެ.

އޭނާ ވިދާޅުވީ، ބޮޑެތި ބިންތައް އޮއްވާ، ތިމާވެށި ހަލާކުކޮށްލައިގެން ރަށްތައް ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

Advertisement
Ooredoo — Truecaller (box)

"ލާމު އަތޮޅުގައި އެބައޮތް ބިންބޮޑު ރަށްރަށް. އެތަނުގައި އިމާރާތް ކުރެވޭނެ، މަސައްކަތް ވެސް ކުރެވޭނެ. ފަޅުތައް ހިއްކުމާ އަޅުގަނޑު ދެކޮޅު" އިސްމާއީލް އަލީ ވިދާޅުވިއެވެ.

ލާމު އަތޮޅު ގަމަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށެވެ. އެރަށް އޮންނަނީ އިތުރު ތިން ރަށާއި ކޯޒްވޭއަކުން ގުޅުވާލައިފައެވެ. އެއީ، މަސް ފެކްޓްރީއެއް ހިންގަމުން އަންނަ މާންދުއާއި، އެއަރޕޯޓް އޮންނަ ކައްދުއާއި އަތޮޅު ވެރިކަން ކުރާ ފޮނަދޫއެވެ.

ބިމުގެ ގޮތުން ބޮޑު މިރަށްތަކުގައި ތަރައްޤީގެ މާބޮޑެތި މަޝްރޫއުތަކެއް ނުހިނގައެވެ. މީގެ އަހަރުތަކެއް ކުރިން މާލޭގެ ފަރާތްތަކަށް ވެސް ވަނީ ގަމުން ގޯތި ދޫކޮށްފައެވެ. ނަމަވެސް އެ ގޯތިތަކުގެ ތެރެއިން ގިނަ ގޯތިތައް އޮތީ ފަޅުވާން ދޫކޮށްލާފައެވެ.

ލާމު އަތޮޅުގެ ރަށްތައް އެކި ފަރާތްތަކަށް އެކި ބޭނުމަށް ދީފައިވާތީ ވެސް އިސްމާއީލް އަލީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިގޮތުން ސިފައިންގެ ބޭނުމަށް ދޫކޮށްފައި އޮތް ކަޅައިދުއާއި، އެގްރޯއަށް ދޫކޮށްފައި އޮތް މީހުން ބޭލުމަށްފަހު ފަޅުކުރި ގާދޫގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމެއް ހިންގުމަށް އެމްއައިޓީޑީސީއަށް މީގެ އަހަރު ތަކެއް ކުރިން ދޫކޮށްފައިވާ ގަމު ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ ބަރެސްދޫގެ މަސައްކަތް ނުހިނގާތީ ވެސް ކަންބޮޑުވުން ވަނީ ފާޅު ކުރައްވާފައެވެ.

[caption id="attachment_162149" align="alignnone" width="1024"]<img class="wp-image-162149 size-large" src="https://cdn.dhen.mv/wp-content/uploads/2022/09/IMG_9764-1024x683.jpg" alt="" width="1024" height="683" /> ވިއަވަތި ކޮންފަރެންސްގައި ރައީސް ޞާލިޙް؛ މި ކޮންފަރެންސް ކުރިޔަށް ދަނީ ޕެނަލް ޑިސްކަޝަންތަކަކަށް.. ދެން އިމޭޖްސް[/caption]

މި ޝަކުވާތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، މަސައްކަތް ހުއްޓިފައިވާ ރަށްތަކުގެ މަސައްކަތް ބައްލަވާނެ ކަމަށެވެ. ނަމަވެސް ބިން ހިއްކުމާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބެއް ނުދެއްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް