ޚަބަރު ރައްޔިތުންގެ މަޖިލިސް

ނުޙައްޤު މުއްސަނދިކަން ހޯދުމުގެ ކުށް ޤާނޫނުގައި ލިޔެފައިވާ ގޮތުން ދަޢުވާކުރަން އުނދަގޫތަކެއް އެބަހުރި: އޭސީސީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނުޙައްޤު މުއްސަނދިކަން ހޯދުން ކުށަކަށް ހެދިއިރު, ޤާނޫނުގައި އެކަން ބަޔާންކޮށްފައިވާ ގޮތުން, އެ ކުށުގެ ތަޙްޤީޤުކޮށް ދަޢުވާ އުފުލުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ޝާމިލް އާދަމް ވިދާޅުވީ ނުޙައްޤު މުއްސަނދިކަން ހޯދުން ކުށަކަށް ހެދިއިރު, ޤާނޫނުގައި އެކަން ލިޔެފައިވާ ގޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނީ މުއައްސަސާތަކުން ޓެކްނިކަލް ލެވެލްގައި ކުރި މަޝްވަރާތަކުން ކަމަށެވެ. އަދި އެ ކުށް ޤާނޫނުގައި ލިޔެފައިވާ ގޮތުން ދަޢުވާ ކުރުމާމެދު ކޮންމެވެސް ކަހަލަ ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެ މުއައްސަސާތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުރިކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ އެ ޚިޔާލު ތަފާތުވުންތައް އެއްގޮތްކުރަންޖެހޭ ކަމަށެވެ.

ޝާމިލް ވިދާޅުވީ ނުޙައްޤު މުއްސަނދިކަން ހޯދުން ކުށަކަށް ހެދިއިރު, ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައިއިރު, އޭސީސީއާއި ޕީޖީ ގުޅިގެން އެ އިސްލާހުގައި ހިމަނަން ޓެކްނިކަލް ބައެއް ކަންކަން ހުށަހެޅި ނަމަވެސް އެ ކަންކަން ހިމަނާފައި ނެތް ކަމަށެވެ.

ޝާމިލް ވަނީ, ޤާނޫނުގައި ހުރި ގޮންޖެހުންތައް ބަލައި އިސްލާހުތައް ހުށަހަޅަން ޖެހޭނަމަ އެ ކޮމިޝަނުން އެކަން ކުރާނެ ކަމަށެވެ.

ނުޙައްޤު މުއްސަނދިކަން ހޯދުން ކުށަކަށް ހެދިއިރު, ކުށުގެ އަދަބުގެ މިންވަރު ކަނޑައަޅާފައިވާ ދަރަޖަތަކަށް ބަލާއިރު ނުޙައްޤުން މުއްސަނދިކަން ހޯއްދަވާ ފަރާތަކީ ރައީސް ނުވަތަ ވަޒީރެއް ނޫންނަމަ މަޖިލިސް މެންބަރެއް ނޫންނަމަ ފަނޑިޔާރެއްނަމަ އެއީ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށާއި, އެފަދަ މަޤާމެއްގައި ހުރެ އެ ކުށަށް އަރައިގެންފިނަމަ އެންމެ ބޮޑު އަދަބަކަށް 15 އަހަރުދުވަހުގެ ޖަލު ޙުކުމެއް ހިމަނާފައިވެއެވެ.

Ads by HDC
  1. ބަލަ ތުޔަބުނާ ނުހައްޤު މުއްސަދި ކަމަކީ ކޮބައިތޯ ﷲ މީހަކަށް ރިޒުޤު ދެއްވުމަކީ ނުހައްޤު މުއްސަދި ކަމެއްތޯ، ތުޔަ ޤާނޫނެއް ހެދީ މިރާއްޖޭގައި އުޅޭ މަހުޖަނުންނަށް ވުރެން އެހެން މީހަކު މުއްސަދިވެދާނެތީ ތޯ ، ނޫނީ ޓެކުސް ނަގަން !