ޕާކިސްތާނުގައި ޕޯލިއޯ ޖެހޭ ކުދިން އިތުރުވަނީ

ޕާކިސްތާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
ޕާކިސްތާނުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އެންމެ ފަހުން ޕޯލިއޯ ވައިރަސްގެ ޝިކާރައަކަށް ވެފައިވާވަނީ ތިން މަހުގެ ކުއްޖެއް ކަމަށެވެ. މިއީ މިއަހަރު އެގައުމުން ޕޮޒިޓިވްވި 18 ވަނަ ކުއްޖެއް ކަމަށެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވައިލްޑް ޕޯލިއޯވައިރަސް ޓައިޕް 1 (ޑަބްލިއުޕީވީ-1) ބަލީގެ ސަބަބުން ޕެރެލައިޒް ވެފައިވަނީ ދެކުނު ޚައިބަރ-ޕަޚްތުންޚްވާ ޕްރޮވިންސްގެ ނޯތު ވަޒިރިސްތާން ޑިސްޓްރިކްޓްގެ ކުއްޖެއް ކަމަށެވެ.
އުތުރު ވަޒީރިސްތާނުން މިއަހަރު ޕާކިސްތާނުން ޕޯލިއޯ ޖެހިފައިވާ 18 މީހުންގެ ތެރެއިން 16 މީހަކު ރިޕޯޓްކޮށްފައިވާއިރު، އަނެއް ދެ މީހުން ފެނިފައިވަނީ ޚައިބަރ-ޕަޚްތުންޚްވާއިންވެސް އޮންނަ ލައްކީ މަރްވަތުންނެވެ.
މުޅި ދުނިޔޭގައި ވެސް ޕޯލިއޯ ކެމްޕޭންތަކުން ވައިރަސް ނައްތާލުމަށް ބޮޑު ތަނުން ކާމިޔާބު ކުރެވުނު އިރު، ޕާކިސްތާނާއި އަފްޣާނިސްތާނަކީ އަދިވެސް ޕޯލިއޯ ނެތް ކަމަށް އިއުލާން ނުކުރާ އެންމެ ފަހު ދެ ގައުމެވެ.