ޚަބަރު ސިޔާސީ

މަސްވެރިކަމުގެ ސިނާޢަތު ހަލާކުކޮށް, މަސްވެރިން ނިކަމެތިކޮށްލައިފި: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތު ހަލާކުކޮށް, މަސްވެރިން ނިކަމެތިކޮށްލައިފިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ރަހާ ދޯނިން ބޭނި މަސް ކޫއްޑުއަށް ނުކިރިގެން 20 ޓަނު މަސް ކަނޑަށް އުކައިލަންޖެހި, ދެ ޓަނު މަސް ފިޔޯރީ ރައްޔިތުންނަށް ހިލޭ ބަހާފައިވާ ދަނޑިވަޅެއްގައެވެ.

ޝިޔާމް މިއަދު ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅުގެ ބައިކުޅަބައި ވެސް ކިރާނުލެވޭ ތަނުގައި ކިރައިލާ މަސްކޮޅަށް ފައިސާ ވެސް ނުލިބޭ ކަމަށާއި, އައިސް ވެސް ނުލިބޭ ކަމަށެވެ.

''ތެޔޮކޮޅު އިންތިހާޔަށް އަގުބޮޑު. ހަމައަގުގެ ވާހަކަ ދައްކާކަށް ނެތިން. ލޯބޯ ފިއްސައިގެން ބާނާ މަސްކޮޅު މި ޖެހެނީ ބަހައިލަން.''

ޝިޔާމް ވިދާޅުވީ މަސްވެރި ސިނާޢަތު ހަލާކުވެ މަސްވެރިން ނިކަމެތިކޮށްފި ކަމަށެވެ.

ނޫ އިގުތިސާދަކީ މި ސަރުކާރުގައި އިގުތިސާދީ ގޮތުން ގެންނާނެކަމަށް އެމްޑީޕީން ވަޢުދުވި ކަންކަން ހިމަނާފައިވާ މެނިފެސްޓޯއަށް ދީފައިވާ ނަމެކެވެ. އެ މެނިފެސްޓޯގައި ގޭދޮށު މަސް ފެކްޓްރީތައް ގާއިމު ކުރުމާއި, މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުމާއި, ކަންނެލި ޖަގަހަތައް ގާއިމުކުރުންފަދަ ކަންކަން ހިމެނެއެވެ. ދާދިފަހުން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސަރުކާރުގެ ނޫ އިގުތިސާދު އޮތީ ''ނޫފައިގެންފައި'' ކަމަށެވެ.

  1. ބޮޑުބެ

    ލަދު އެއީ ގަންނަންއެގޭއެއްޗެއްނަމަ މިކަލޭގެ މިހެންނުކިޔާނެ ދޯ