ޚަބަރު ސިޔާސީ

ރާއްޖޭގެ މަސްކަނޑުތައް އޮތީ އިންޑިޔާ އަށް ހިބަކޮށްދީފަ: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަސްކަނޑުތައް އިންޑިއާއަށް ހިބަކޮށްދީފައިކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިހެން ވިދާޅުވީ ބޯޓެއްގެ ފޮޓޯ ހިއްސާކުރައްވައި, އެ ބޯޓަކީ މިދިޔަ ބުރާސްފަތި ދުވަހު ހއ.ތުރާކުނު ބޭރުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދުތެރޭގައި ގަދަޔަށް ދާ އަޅަން އުޅުނު އިންޑިޔާ ބޯޓެއްކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

''ކޯސްޓުގާޑަށް ގުޅައިގެން ވެސް އަޅާނުލި ކަމަށް ވަނީ. މަސްކަނޑުތައް މިއޮތީ އިންޑިޔާ އަށް ހިބަކޮށްދީފަ.'' ޝިޔާމްގެ ޓުވީޓުގައި ވެއެވެ.

ރާއްޖޭގެ މަސްކަނޑުތައް މި އޮތީ އިންޑިޔާ އަށް ހިބަކޮށްދީފައިކަމަށް ޝިޔާމް ވިދާޅުވިއިރު, ރާއްޖޭގެ ވަތުބަތާނައަށް ދަންދެން އިންޑިއާއަށް ވިއްކާލައިފަައިވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސް ބޭފުޅުން ވިދާޅުވެއެވެ. އެ ކަންކަމާ ދެކޮޅަށް އިދިކޮޅުން އަބަދު ވެސް އަޑުއުފުލައެވެ. އިދިކޮޅުން ދެކޭ ގޮތުގައި މިއަދު މި ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވައި, ރައްޔިތުންނަށް އަމާން, އޮމާން ފާގަތި މުސްތަގުބަލެއް ހޯއްދަވައިދެއްވޭނެ ހަމައެކަނި ވަޠަނީ ލީޑަރަކީ ކުރީގެ ރައީސް ޔާމީން ޢަބްދުޤައްޔޫމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!