ރޮޒައިނާ, ދުންޔާއަށް: ކަމަނާގެ ވަޒީރުކަމުގައި މުޅި ބޭރު ދުނިޔޭގައި އޮތީ ރާއްޖޭގެ އަގު ވެއްޓިފައި
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ,
ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދެއްކެވި ވާހަކަަތަކަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގައި ރޭ ދެއްކެވި ވާހަކައިގައި ދުންޔާ ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި ރާއްޖެ މިހާރު ސިފަކުރަނީ ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ޤައުމެއްގެ ގޮތުގައި ކަމަށާއި, ރާއްޖޭގެ އަބުރާއި, ޝަރަފާއި, ޢިއްޒަތާއި ކަރާމަތް ވެއްޔާ މޮޑެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިމާވާ ކޮންމެ މީހެއް ކައިރީގައި އެހީއެއް ދެވޭނެތޯ އަހައި ސަލާންޖަހާ ޤައުމަކަށް ރާއްޖެވެފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
ވެރިކަން ހިންގުމުގެ ތަޖުރިބާއެއް, ވައްޓަފާޅިއެއް އަދި ގާބިލުކަމެއް މި ސަރުކާރުގައި ނެތުމުން މިއިން ދުވަހަކު ނުވާވަރަށް ދިވެހި ރައްޔިތުން ފަގީރުވެފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ''ނާށިގަނޑެއްގެ ދަށުގައި ތާށިވެފަ'' އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓުގައި ރޮޒައިނާ ވަނީ ''ތިވަރަށް ދޮގު ހަދަން ލަދެއްނުގަނޭތޯ'' ދުންޔާއާއި ސުވާލު ކުރައްވައިފައެވެ.
''ކަމަނާގެ ފޮރިން މިނިސްޓަރުކަމުގަ މުޅި ދުނިޔެއާ ގުޅުން ކަނޑައިލާ, މުޅި ބޭރު ދުނިޔޭގަ ރާއްޖޭގެ އަގު ވެއްޓިފަ އޮތީ. މިއަދު މުޅި ދުނިޔެ ރާއްޖެއަށް ތަޢުރީފުކުރޭ.''
ރޮޒައިނާ ވިދާޅުވީ ދުންޔާއަށް ނުދެއްކެވުނު ބަދަލު މި ސަރުކާރުގައި އޭނާގެ ކޮއްކޮ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ދައްކަވަމުން ގެންދަވާ ކަމަށެވެ.
ރޮޒޭ ކައި މާ ތާހިރެއްނޫން ވާހަކަދައްކާކަށް.. ބައްޕަގެ ވެރިކަމުގައި ކޭ އެއްޗެއްވިއްޔާ ކެއީ ކައި އަށާއި ކައިގެ އާއިލާއަށްވެސް ދީގެން.. ތިއީ މުޅިން ވެރިންކާރިން ކާން ދަސްކޮއްފަ ތިބި ބައެއް..