ޚަބަރު ސިޔާސީ

ބާރަށް ތަރައްޤީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި މި ވެެރިކަމުގެ ވާހަކަ ތާރީޚުގައި ލިޔާނެ: އަސްލަމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު އަސްލަމް. ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

ބާރަށް ތަރައްޤީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި މި ވެެރިކަމުގެ ވާހަކަ ތާރީޚުގައި ލިޔަމުންދާނެކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ހދ.ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި, ރަސްމީކޮށް ޚިދުމަތްދޭން ފެށުމުގެ ގޮތުން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވ ނަޖިސް ވަޅުގަނޑު ސާފުކުރަން ނުޖެހި, މި ވެރިކަމުގައި ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި މިއީ ބޯފެން ކަށަވަރުކޮށްދީ, އެއް ރަށާއި އަނެއް ރަށް ގުޅުވައިދީ މުޅި ރާއްޖެ ލާމެހިފައިވާ ތަނަކަށް ހަދައިދިން ޒަމާންކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ބާރަށް ތަރައްޤީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި މި ވެެރިކަމުގެ ވާހަކަ ތާރީޚުގައި ލިޔަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

''ބާރަށް ތަރައްޤީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި މި ދުވަސްވަރު ހަމަ ޔަޤީނުން ވެސް ތާރީޚުގައި ލިޔަމުންދާނެ''

އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދަނީ ތަފާތުކުރުންތައް ނެތުމުންނާއި, މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް މަސައްކަތްތައް ތަރުތީބު ކުރެވިފައިވުމުންނެވެ. އޭގެ އިތުރަށް ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ފަހިވެފައިި އޮތުމެވެ.

އަސްލަމް މިހެން ވިދާޅުވި ނަމަވެސް, އިިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވި ގޮތުގައި މިއަށްވުރެ ''ސްލޯ'' ސަރުކާރެއް ނެތެވެ. އަދި މި ވެރިކަމުގެ ވާހަކަތައް ތާރީޚުގައި ލިޔެވޭނީ ވަރަށް ހުތުރުކޮށްކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!