ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި އިންޑިއާ މީހެއްގެ މައްޗަށް އުފުލި ދަޢުވާ ސާބިތެއްނުވި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އިންޑިއާ މީހެއްގެ މައްޗަށް އުފުލި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އިންޑިއާގެ ރައްޔިތެއްކަމުގައިވާ ރަމޭޝް ސެލްވަމޮނީގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާއެވެ. އޭނާ ވަނީ އެ ދަޢުވާއަށް އިންކާރުކޮށްފައެވެ.
ކްރިިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ, ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއިން މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައިނުވާ ކަމަށެވެ.
އެ ގޮތުން ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވުމުން މައްސަލައާބެހޭ އިތުރު މަޢުލޫމާތެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
އިންޑިޔާއެއްނު ސާބިތެއްނުވާނެ