ޚަބަރު ސިޔާސީ

އިންޑިއާއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަނީ އަޑީގައި ނުބައި ރޭވުމެއް އޮވެގެންނޫން: މިނިސްޓަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢާއިޝަތު މުޙައްމަދު ދީދީ. ފޮޓޯ: މަޖިލިސް

ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރަނީ ނުބައި ރޭވުމެއް އޮވެގެން ނޫންކަމަށް ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެެއެވެ.

Ads by Hajj Corporation

އިންޑިއާގެ އެހީގައި ބ.ދަރަވަންދޫގެ ސިއްހީ މަރުކަޒުގައި ގާއިމުކުރި އަވަސް ފަރުވާދޭ ޔުނިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިއްޔެ ވިދާޅުވީ ރާއްޖެއިން އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރަނީ ނުބައި ރޭވުމެއް ނުވަތަ ނުބައި ވިސްނުމެއް އޮވެގެން ނޫން ކަމަށެވެ. އަދި ދެ ޤައުމަކީ ކުރިއްސުރެ ވެސް
ހަމަ ގާތް ގުޅުމެއް އޮތް އެކުވެރި ދެ ޤައުމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް އެނގޭ އިންޑިއާއާ ރާއްޖެއާާ ދެމެދުގަ އޮތް ގުޅުމުގެ ނަތީޖާ. އަދި އެ ގުޅުން އަޅުގަނޑުމެން ބަދަހިކުރަނީ އެއްވެސް އިތުރު އަޑީގަ ނުބައި ރޭވުމެއް, ނުބައި ވިސްނުމެއްނެތިކަން,... ހަމަ ގާތް ގުޅުމެއް އެކުވެރި ދެ ޤައުމު އެއްބަނޑު އެއްބަފާ ޖެހިގެން އޮތް ޤައުމެއްގެ ގޮތުގަ. އަޅުގަނޑުމެންނަށް ވެސް އެ ބޭފުޅުން ބޭނުން. އެއީ އަޅުގަނޑުމެން މި ތިބީ އެ ބޭފުޅުންގެ ތިރީގަ އޮތް ކަނޑެއްގަ ކުދިކުދި އުކާލާފަ އޮތް ވެލިކޮޅެއް. އެ ބޭފުޅުންނަށް އަޅުގަނޑުމެން ބޭނުން އެއީ މި ކަނޑުގެ ސަލާމަތް އެ ބޭފުޅުންނަށް ބޭނުންވާތީ.''

މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަރަށް ނާޒުކު ކަނޑެއް މި ކަނޑުގެ ސަލާމަތާ ދެ ޤައުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އެ ގުޅުން އެހެން އޮތް ކަމުގައިވިޔަސް ދެ ޤައުމުގެ ދެމެދުގައި އިހުޒަމާނުއްސުރެ އޮތް އެހީތެރިކަމުގެ ގުޅުމަކީ މާ ޚާއްސަ ގުޅުމެއް ކަމަށާއި, އެ ގުޅުމުގެ ތެރެއިން އެކި ދާއިރާތަކުން ރާއްޖެ ތަރައްޤީކޮށްދޭން އިންޑިއާއިން މަސައްކަތްކުރާ ކަމަށެވެ.

Ads by Ooredoo
  1. ސަންފަ

    ނުބައި ރޭވުމެއް ނެތޭ ގައުމުގައި އިންޑިއާ ސިފައިންގެ ބޭސްތައް ހަދަން ހުއްދަ ދެނީ ނުބައި ނިޔަތެއްގަ ނޫން ހެޔޮ ނިޔަތުގަ . މިހާރުވެސް އެމީހުން ތިބި ތަން ތަނުގަ “ކައްދޫ އައްޑޫ ހަނިމާދޫ” ގަ ދިޗެހިންނަށްވުރެ އެމީހުންގެ ބާރުގަދަ ދައްކޮއްލުމުގެ ގޮތުން އެބުނަނީ ތިމަންނަމެން ދިނީމައޭ ކާންވެސް ލިބެނީ މިހިރީ އެމީހުން މިހާރުވެސް ނުފޫޒު ހިންގާ ވަރު. ޢިސްލާމް ދީނާ ޚިލާފް ކަންތައް ހިންގާއިރު ވެސް ސަަރުކާރުން އަޅާ ނުލަނީ އިންޑިއާ މީހުނަށް އެމީހުންގެ ދީނީ ކަންތައް ތައް ކުރުމަށް ޗާންސް ދިނުމުފެ ގޮތުން.

  2. ބިރުބޮޑު

    އިންޑިއާގެ އެހީބޭނުމޭ ނަމަވެސް އިންޑިއާ ސިފައިން ނުތިބެވޭގޮތަށް ހަދާށޭ ރަށްޔިތުންގޮވަނީ ވަރަށް ވަރަށް ސާފް