ޚަބަރު އިޖުތިމާޢީ

ދީނީ ޢިލްމުވެރިޔާ ޑރ.ޤަރްޟާވީގެ މައްޗަށް މުޅި ރާއްޖޭގައި މާދަމާ ކަށުނަމާދު ކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޤަރްޟާވީ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޤަރްޟާވީގެ މައްޗަށް ރާއްޖޭގައި މާދަމާ ހުކުރު ނަމާދަށްފަހު ޣައިބަށް ކަށު ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

އުމުރުފުޅުން 96 އަހަރުގެ ޤަރްޟާވީ އަވަހާރަވީ މި މަހުގެ 26 ގައި ޤަތަރުގައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާރކިއުލާއެއްގައި ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާދަމާ ހުކުރު ނަމާދަށްފަހު ޤަރްޟާވީގެ މައްޗަށް ކަށު ނަމާދުކުރަން ނިންމާފައިވާތީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އެ އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އުފަންވެވަޑައިގެންނެވީ 1926 ސެޕްޓެމްބަރު 09 ގައި މިޞްރުގައެވެ. މިޞްރަށް އުފަންވެވަޑައިގެންނެވި ނަމަވެސް ދިރިއުޅުއްވީ ޤަތަރުގައެވެ. ޤަރްޟާވީ ވަނީ 120 އަށްވުރެ ގިނަ ފޮތް އެކުލަވައިލައްވައި ޝާއިޢުކުރައްވާފައެވެ.

Ads by Ooredoo
  1. ފަޒީލް

    ރާއްޖެ ކުރިޔަސް ވާނެ ފައައިދާޔެއް ނޮންނާނެ