ދުނިޔެ

އިންޑިއާގައި ބަނޑަށް 24 ހަފްތާވުމުގެ ކުރިން ދަރިވެއްޓުން ހުއްދަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކައިވެނިކޮށްގެން ނޫޅުނަސް ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން އެބޯޝަން ހެދުމުގެ ހައްގު އޮންނާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ އެކު އެ ގައުމުގެ އެބޯޝަން އާންމުކޮށް ހުއްދަވެއްޖެއެވެ.

Ads by WAMCO

އެބޯޝަން ހެދުމަކީ އަސާސީ ހައްގެއް ކަމަށް އޮތް އޮތުން އެމެރިކާގެ ސުޕްރީމް ކޯޓުން މިދިޔަ ޖޫން މަހު ނިމުމަކަށް ގެނައި ފަހުން އެބޯޝަންގެ މައްސަލަ އަށް މުޅި ދުނިޔޭގައި ވެސް ސަމާލުކަން ބޮޑެވެ.

"ކައިވެންޏެއް ކޮށްގެން ނޫޅޭ މީހަކަށް ވެސް، ކައިވެނިކޮށްގެން އުޅޭ އަންހެނަކަށް އޮންނަ ގޮތަށް، 24 ހަފްތާ ވުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް އެބޯޝަން ހެދުމުގެ ހައްގު އޮންނާނެ،" ކައިވެންޏެއް ނުކުރުމަކީ އަންހެނަކަށް އޭނާގެ ހައްގުތައް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ފަނޑިޔާރު ޑީ.ވައި. ޗަންދުރަޗޫދް ހުކުމުގައި ވިދާޅުވިއެވެ.

އިންޑިއާގައި 1971 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ "މެޑިކަލް ޓާމިނޭޝަން އޮފް ޕްރެގްނަންސީ" ގާނޫނުގައި އެބޯޝަންގެ ހައްގު ހަނި ގޮތަކަށް ދީފައި އޮންނަނީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނާއި ވަރިކޮށްފައި ތިބޭ އަންހެނުންނާއި ހުވަފަތް އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންނަށެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ކައިވެނިން ބޭރުގައި، އަމިއްލަ ރުހުމުގައި ހިންގި ގުޅުމުގެ ސަބަބުން ބަލިވެ އިން މީހަކު އެބޯޝަން ހަދަން އުޅެ އެކަން ކޮށް ނުދިނުމުން ހުށަހެޅި މައްސަލައެއްގައެވެ.

ފިރިން އަނބިންނަށް ކުރާ ޖިންސީ އަނިޔާ އަކީ މެރިޓަލް ރޭޕް ކަމުގައި ވެސް މިހާރު އޮތް ގާނޫނުގެ ދަށުން ބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އިންޑިއާގެ ގާނޫނުތައް އޮންނަ ގޮތުން މެރިޓަލް ރޭޕް ކުށެއްގެ ގޮތުގައެއް ނުބެލެވެ އެވެ. އެކަމަކު މިކަން ބަދަލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

Ads by Ooredoo
  1. ކުއްޖާ މައިމީހާގެ ރަހިމްގައި ޤަރުބަ ގަތުމަށްފަހުގައި ، ވައްޓާލުން އެބޯޝަން ހެދުން ހުއްދައެއްނުވާނެ އެއީ ބޮޑުވެގެންވާ ހަރާމް ކަމެއް ބޮޑު ފާފައެއް، ވަކި ހާލަތެއްގައި މެނުވީ !