ޚަބަރު ސަރުކާރު

ކީރިތި ރަސޫލާގެ ސީރަތުން ދަސްކުރަންވީ އެންމެ މުހިންމު ފިލާވަޅަކީ ތަފާތު ވިސްނުމުގެ މީހުންނާއެކު އުޅުން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، ދިރިއުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ފޮނުއްވެވި ޚިޠާބުގައި ވިދާޅުވީ، މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރިކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ.

އަދި އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެއަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ ކީރިތި ރަސޫލާގެ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުންކަމަށެވެ. އަދި ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޙިޠާބުގައި ވަނީ، ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި ޢަމަލުކުރެއްވި ގޮތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށާއި، މުޖްތަމަޢުގައި ހަމަޖެހުމާއި އުފާވެރިކަން ޤާއިމުވެ އޮންނާނީ އެފަދަ ބަދަލުތަކެއް ގެނެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެވެސް ރަބީޢުލް އައްވަލް މަހުގެ 12ވަނަ ދުވަހެވެ.

  1. ބޮޑުތަކުރުފާނުހަވިއްތަ

    ހެހެހެ ތިހެން އެމްޑީޕީގެ އިސް ވެރިންގެ އަމަލު ހުރިނަމަ މިއަދު މިގައުމު އަޅުވެތި ނުވީސް ކަން ޔަގީން ކީރިތި ރަސޫލާ ކުރެއްވި ކަމެއް ނޫން ނުހައްގުން ވެރިކަމާ ޖާހަތުގެ ދަހިޓެތިކަމުގައި މީހުންނައް އަނިޔާކުރުމަކީ އެކަމަކު މިއަދު ބަލާލި ކޮންމެދިމާލަކުން ފެންނަނީ ބިރުވެރިކަމާ ނާމާންކަން