ޚަބަރު އިޖުތިމާޢީ

ލޯންޗު ބަންޑުން ޖަހައިލުން: ގެއްލުނު ޒުވާނާގެ ވަނަވަރު ޢާންމުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގެއްލިގެން ހޯދަމުން އަންނަ މިންހާޖު

އއ.މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ ޒުވާނާގެ ވަނަވަރު އެމްއެންޑީއެފުން މިއަދު ޢާންމުކޮށްފިއެވެ.

Ads by STELCO

ދެ ފިރިހެނުން ތިބި އެ ލޯންޗު މިދިޔަ ބުރާސްފަތި ދުވަހު މާލެއިން އުކުޅަހަށް ދަތުރުފެށީ މެންދުރުފަހު 13:30 ގައެވެ.

އޭގެފަހުން އެ ލޯންޗު ބަންޑުން ޖަހާލައިފައި އޮއްވާ ފެނުނީ އިއްޔެގައެވެ. އެ ލޯންޗުގައި ތިބި ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު ފެނުނީ އއ.ފެރިދޫ ފުއްޓަރާ ދިމާއިންނެވެ. އަނެއް މީހާ އަދިވެސް ފެނިފައެެއް ނުވެއެވެ.

އެ މީހާގެ ވަނަވަރު ޢާންމުކޮށް އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަނީ މިންހާ/ސ.ހިތަދޫ މުޙައްމަދު މިންހާޖު (28 އ) ކަމަށެވެ. އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދަން މިހާރު 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!